ބެނެވެންޓޯ އަތުން އިންޓައަށް ފަސޭހަ މޮޅެއް

ކުޅިވަރު ފަހުގެ

އިޓާލިއަން ލީގުގައި ބުދަ ދުވަހުގެރޭ ބެނެވެންޓޯ އަތުން ފަސޭހަކަމާއެކު އިންޓަ މިލާން މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން އިންޓަ މޮޅުވީ 5-2 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ބުދަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި އިންޓައިން ވަނީ ލީޑު ނަގާފައެވެ. އަޝްރަފް ހަކީމީ ދިން ބޯޅައަކުން މި ލަނޑު އިންޓައަށް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ. މެޗުގެ 25 ވަނަ މިނެޓުގައި ރޮބާޓޯ ގަގްލިއަޑިނީ އިންޓައަށް ލީޑު ފުޅާކޮށްދިންއިރު، އޭގެ ތިން މިނެޓު ފަހުން ލުކާކޫ ވަނީ އިންޓަގެ ތިންވަނަ ލަނޑު ޖަހާފައެވެ.

މެޗުގެ 34 ވަނަ މިނެޓުގައި ޖިއަންލޫކާ ކަޕްރަރީ ބެނެވެންޓޯއަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، ފުރަތަމަ ހާފުގެ ފަހުކޮޅު ހަކީމީ ވަނީ އިންޓަގެ ލީޑު އަލުން ފުޅާކޮށްދީފައެވެ.

މި މެޗުގައި އިންޓައިން ކާމިޔާބުކުރި ފަސްވަނަ ލަނޑު 71 ވަނަ މިނެޓުގައި އެލެކްސިސް ސަންޗޭޒްގެ އެހީއާއެކު ލަޓާރޯ މާޓިނޭޒް ކާމިޔާބުކޮށްދިންއިރު، އޭގެ ފަސް މިނެޓު ފަހުން ބެނެވެންޓޯއުން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ކަޕްރާރީއެވެ.

މި މޮޅާއެކު އިންޓަ ވަނީ ފުރަތަމަ ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން އިންޓައަށް ވުރެ ކުރީގައި އޮތީ ނާޕޮލީ އާއި އެޓަލާންޓާއެވެ. އިންޓަ އަތުން ބަލިވި ބެނެވެންޓޯ އޮތީ ތާވަލުގެ 12 ވަނައިގައި ދެ މެޗުން ތިން ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ