ޗެމްޕިއަންސް ލީގުގައި ބާސާ އާއި ޔުވެންޓަސް އެއް ގްރޫޕަކަށް

ކުޅިވަރު ފަހުގެ

މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ އެއް ގްރޫޕެއްގައި ބާސެލޯނާ އާއި ޔުވެންޓަސް ހިމެނިއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ގުރު ނެގުން ކުރިއަށްދިޔައީ ބުރާސްފަތި ދުވަހުގެރޭ ސްވިޒަލެންޑުގެ ނިޔޯނުގައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގައި ބާސާ އާއި ޔުވެންޓަސް ހިމެނުމުން، ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ކުޅުންތެރިން ކަމަށްވާ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރިމަތިލުމެއް އަލުން ފެނިގެންދާނެއެވެ. 2018 ވަނަ އަހަރު ރެއާލް މެޑްރިޑް ދޫކޮށް ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވި ފަހުން އެ ދެ ކުޅުންތެރިން އަދި މިހާތަނަށް ކުރިމަތިލާފައެއް ނުވެއެވެ.

ގްރޫޕް ޖީގައި ބާސާ އާއި ޔުވެންޓަސް ހިމެނުނުއިރު، ދެން މި ގްރޫޕުގައި ހިމެނެނީ ޑީނަމޯ ކިއެވް އާއި ފެރެންސްވަރޮޝީއެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ބަޔާން މިއުނިކް ހިމެނުނީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އެތުލެޓިކޯ މެޑްރިޑާއި، ސާލްޒްބާގް އަދި ލޮކޮމޯޓިވް މޮސްކޯއެވެ.

ގްރޫޕް ބީގައި ހިމެނެނީ ރެއާލް މެޑްރިޑާއި، ޝަޚްތަރު ޑޮނެސްކާއި، އިންޓަ މިލާން އަދި ބޮރޫޝިއާ މޮންޗެންގްލަޑްބަކެވެ. އަދި ގްރޫޕް ސީގައި ހިމެނެނީ ޕޯޓޯ އާއި، މެންޗެސްޓާ ސިޓީ އާއި، އޮލިމްޕިއާކޯސް އަދި މާސޭއެވެ.

މުބާރާތުގެ ގްރޫޕް ޑީގައި ލިވަޕޫލާއި، އަޔަކްސް އާއި، އެޓަލާންޓާ އަދި މިޗީލޭންޑް ހިމެނޭއިރު، ގްރޫޕް އީގައި ހިމެނެނީ ސެވިއްޔާ އާއި، ޗެލްސީ އާއި، ކްރޮސްނޮޑާރް އަދި ރެނެސްއެވެ.

ގްރޫޕް އެފްގައި ޒެނިތާއި، ބޮރޫޝިއާ ޑޯޓްމުންޑާއި، ލާޒިއޯ އަދި ކުލަބު ބްރޫޖް ލައްވާލިއިރު، ގްރޫޕް އެޗުގައި ހިމެނެނީ މިދިޔަ ސީޒަނުގެ ރަނަރަޕް ޕީއެސްޖީ އާއި، މެންޗެސްޓާ ޔުނައިޓެޑާއި، އާރްބީ ލެއިޕްޒީގް އަދި އިސްތަންބޫލް ބަޝަކްޝެހީރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ