ފުނަދޫ ޔުނިޓީ ކަޕް ވެޓެރެންސް ފުޓްސަލް މުބާރަތުގެ ތަށި ޑެޑީސް އެފްސީ އުފުލާލައިފި

ކުޅިވަރު ފަހުގެ

ށ. ފުނަދޫގައި ގައި ބޭއްވި ޔުނިޓީ ކަޕް 2020 ވެޓެރެންސް ފުޓްސަލް މުބާރާތުގެ ފިރިހެނުންގެ ތަށި ޑެޑީސް އެފްސީ އުފުލާލައިފި އެވެ.

މުޅި ޖުމްލަ 9 ޓީމް ވާދަކުރި މިމުބާރާތުގެ މިރޭ ކުޅެވުނު ފައިނަލްގައި ޓިއާމޯ އެފްސީ އަދި ޑެޑީސްއެފްސީ ބައްދަލުކުރިއިރު ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ޓިއާމޯއެފްސީއެވެ. ޓިއާމޯ އެފްސީގެ އިބްރާހީމް ޝިހާމްގެ ލަނޑަށްފަހު ޑެޑީސްއެފްސީ ވަނީ ކުޅުންރަނގަޅުކޮށް ފުރަތަމަ ހާފްނިމެންދަނިކޮށް އަންމަޑޭ އަދި އަޒީޒުގެ ރީތި ދެލަނޑުން ނަތީޖާ 2-1 ށް ބަދަލުކޮށްލާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ދެވަނަހާފުގެ ކުރީކޮޅު ދެޓީމުގެފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ދެވަނަ ހާފުގެ މެދެއްހާހިސާބުން ޑެޑީސް އެފްސީގެ އައްމަޑޭ ވަނީ ލަނޑެއްޖަހާ ލީޑު 3-1 ށް ފުޅާކޮށްލާފައެވެ. ނަމަވެސް ލިބުނު ހަނިފުރުސަތުތަކުގެ ބޭނުން ހިފާ ޓިއާމޯއެފްސީގެ ހުސައިން ޝިޔާމް ވަނީ 2 ލަނޑުޖަހާ ނަތީޖާ 3-3 ށް ބަދަލުކޮށްލާފައެވެ. މެޗުގެ ފުރިހަމަވަޤުތު ހަމަވީ ނަތީޖާ 3-3 ގަ އޮވެގެންނެވެ.

ނަތީޖާނެރުމަށް ކޮންމެޓީމަކުންވެސް ފުރަތަމަޖެހި 4 ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ 3 ޕެނަލްޓީއެވެ. ޑެޑީސްއެފްސީގެ ޔޫއްޓޭޖެހި ޕެނަލްޓީވަނީ ޓިއާމޯއެފްސީގެ ކީޕަރު ހުސައިން އާދަމް ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. ޓިއާމޯއެފްސީގެ އިބްރާހީމް ޝިހާމްޖެހި ބޯޅަދިޔައީ ދަނޑިކައިރިން ބޭރަށެވެ. ޓިއާމޯއެފްސީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ހުސައިން ޝިޔާމް، މުހައްމަދު ޒާހިރު އަދި އަބްދުﷲ ޒާހިރެވެ.

ޑެޑީސްއެފްސީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އައްމަޑޭ، އަލީ ފިރާޤް އަދި އަޒީޒެވެ.

ކޮންމެޓީމަކުންވެސް 4 ޕެނަލްޓީޖެހިއިރު 3-3 ން އެއްވަރުވެފައި އޮތުމުން ކީޕަރުންޖެހި ޕެނަލްޓީތައްވެސް، އެއްކީޕަރު އަނެއްކީޕަރުޖެހި ޕެނަލްޓީވަނީ މަތަކޮށްފައެވެ.

ޕެނަލްޓީގެ ދެވަނަބުރުގައި ފުރަތަމަޖެހި ދެޕެނަލްޓީ ޑެޑީސްއެފްސީގެ އަަައްމަޑޭ އަދި ޓިއާމޯގެ ހުސައިން ޝިޔާމްވަނީ ކާމިޔާބުކޮށްފައެވެ.
އެއަށްފަހު ޑެޑީސްއެފްސީގެ އަލީ ފިރާޤްޖެހި ޕެނަލްޓީ ކާމިޔާބުކުރިއިރު ޓިއާމޯއެފްސީގެ މުހައްމަދު ޒާހިރު ޖެހި ޕެނަލްޓީ ޑެޑީސްއެފްސީގެ ކީޕަރު އާދަމް ހަސަން މަތަކޮށް ވަނީ ޑެޑީސްއެފްސީއަށް މުބާރާތުގެ ތަށިކާމިޔާބުކޮށްދީފައެވެ.

މި މުބާރާތުގެ ފިރިހެން ފުޓުސަލްގެ ވަނަތަކަށް ހޮވުނު ފަރާތްތައް ތިރީގައި އެވަނީއެވެ.

  • ފެއާޕްލޭ ކުޅުންތެރިޔާ: ޑެޑީސްއެފްސީގެ އަޒީޒު
  • އެންމެ މޮޅު ކޯޗް: ޑެޑީސްއެފްސީގެ ތޮލާލް
  • ޓޮޕްސްކޯރަރ: އެފްސީ ފަޤީރާގެ އަޒުމް
  • އެންމެ މޮޅު 5 ކުޅުންތެރިން:
  • ޓިއާމޯއެފްސީގެ ކީޕަރު ހުސައިން އާދަމް
  • ޓިއާމޯއެފްސީގެ ހުސައިން ޝިޔާމް
  • ޓިއާމޯއެފްސީގެ އިބްރާހީމް ޝިހާމް
  • ޑެޑީސްއެފްސީގެ އަހްމަދު މުހައްމަދު (އައްމަޑޭ)
  • ޑެޑީސްއެފްސީގެ އަޒީޒް
  • އެންމެމޮޅު ކުޅުންތެރިޔާ : ޓިއާމޯއެފްސީގެ ހުސައިން ޝިޔާމް

ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމުތަކަށް ވަނީ ވާދައިގެ ތައްޓާއި ފައިސާގެ އިނާމުވެސް ދީފައެވެ. އިނާމްތައް ބައްސަވާދެއްވާފައިވަނީ ޔޫތުއެސޯސިއޭޓް ހަސަން ޒަރީރެވެ.

މިމުބާރާތަކީ ހުސެއިން އަރީފް (ޔޫކޭ) އާއި އަބްދުލް މާޖިދު (މާއްޓޭ) އިސްނަގައިގެން ފުޓުބޯޅައާއި ކުޅިވަރާއި ދުރަށްގޮސް ރިޓަޔާކޮށްފައިތިބި ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ. މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، މިއަންނަ އަހަރުވެސް މިއަށްވުރެފުރިހަމަކޮށް ޔުނިޓީކަޕްގެ ނަމުގައި ފުޓްސަލް މުބާރާތްތައް ބާއްވާނެކަމުގެ ފެހިސިގްނަލް ހުސައިން އަރީފްވަނީ ދެއްވާފައެވެ.

ޕޮޓޯ: ޔުނިޓީ ކަޕް ފޭސްބުކް ޕޭޖް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ