ށ. ފުނަދޫ އިތުރުން 5 ރަށެއް މޮނީޓަރިންއަށް

ޚަބަރު ފަހުގެ

ހދ. ކުޅުދުއްފުށި ސިޓީގެ ފުލުހަކު ޕޮޒިޓިވްވުމާ ގުޅިގެން ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި، ހދ. ކުރިނބީ، ށ. ފުނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މިރޭ ކުރިޔަށް ގެނދިޔަ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ މިރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކޯވިޑް-19އަށް ޕޮޒިޓިވްވި ފުލުހުންގެ މީހާއަކީ ކުޅުދުއްފުށީގައި މަސައްކަތްކުރާ މީހެއްކަމަށެވެ. އެކި މަސައްކަތްތަކުގައި އޭނާވަނީ ކުޅުދުއްފުށީގެ އިތުރުން މިވަގުތު މޮނީޓަރިންގެ ޙާލަތަށް ގެންދިޔަ އަނެއް 5 ރަށަށްވެސް ދަތުރުކޮށްފަކަމަށެވެ.

މިކޭސްއާ ގުޅިގެން 6 ރަށް މޮނީޓަރިންގއަށް ލާފައިވަނީ ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށާ، މިޙާލަތުގައި އެ ރަށްރަށަށް އަރާ ފޭބުން މަނާ ކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑަށް ޕޮޒިޓިވްވި ފުލުސްމީހާ އިއްޔެ ކުޅުދުއްފުށިން ކުރިނބީއަށް ދަތުރުކޮށްފައިވަނީ ބަލީގެ އަލާމާތްތައް ހުރުމުން ކޯވިޑަށް ޓެސްޓް ކުރުމަށްފަހު ޓެސްޓްގެ ނަތީޖާ ލިބުމުގެ ކުރިންނެވެ. އަދި ޕޮޒިޓިވްވީކަން އެނގިފައިވަނީ ކުރިނބީގައި ހުއްޓާ މިރޭގެ ވަގުތެއްގަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ