ށ.ފުނަދޫ އަދި ހއ.ދިއްދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި

ޚަބަރު ފަހުގެ

ށ.ފުނަދޫ އަދި ހއ.ދިއްދޫ މޮނިޓަރިންގައި ބޭއްވުމަށްފަހު މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ ށ.ފުނަދޫ އަދި ހއ.ދިއްދޫ ގައި އިޢުލާންކުރި މޮނިޓަރިންގެ ހާލަތު އުވާލީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ދެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނަސްފައިވަނީ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވާ ފުލުސް އޮފިޝަރެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅުގެން ރޭގެ ވަގުތެއްގައި، ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ. އެކި މަސައްކަތްތަކުގައި އޭނާވަނީ ކުޅުދުއްފުށީގެ އިތުރުން ށ.ފުނަދޫ އަދި ހއ.ދިއްދޫ ދަތުރުކޮށްފަވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ