އަޅުގަނޑަކީ ސަރުކާރުގެ ބައިވެރިއެއް ނޫން: ރައީސް ނަޝީދު

ޚަބަރު ފަހުގެ

އަޅުގަނޑަކީ ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، ޗައިނާ އާއި ރާއްޖެއާއި ދެމެދު ވެފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ އާޓިކަލް އަކީ ސަރުކާރުގެ ސްތޭޓްމެންޓެއް ތޯ ނުވަތަ ރައީސް ނަޝީދުގެ އަމިއްލަފުޅު ސްޓޭތްމެންޓެއް ތޯ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ނަޝީދު ވިދާޅުވީ، އިއްޒަތްތެރި މެމްބަރަށް ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ވަރަށް ބޮޑަށް ސާފުވާނެ ކަމަށާއި އަޅުގަނޑަކީ ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށާއި އަޅުގަނޑަކާ ދިވެހި ސަރުކާރަކާ ގުޅުމެއް ނެތްކަން ކަމަށެވެ.

“އަޅުގަނޑާ ދިވެހި ސަރުކާރާ ގުޅުން ވަނީ އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެމްބަރަކަށް ވެފައި މިވަގުތު އަޅުގަނޑަކީ އެ ޕާޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތް ކަމަށް ވާތީވެ އަޅުގަނޑުގެ އެކުވެރި އަޅުގަނޑު މަދަދު ދޭ އަޅުގަނޑު ތާއިދުކުރާ ސަރުކާރެއް މިވަގުތު އޮތީ. އެހެންނަމަވެސް އަޅުގަނޑަކީ އެ ސަރުކާރުގެ ބައިވެރިއެއް ނޫން.” ރައީސް ނަޝިދު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ