ކުރިނބީން ދޯންޏެއް ބަންޑުން ޖަހާލައިފި

ޚަބަރު ފަހުގެ

ހދ ކުޅުދުއްފުށިން އެ އަތޮޅުގެ ކުރިނބީއަށް މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.

ބަންޑުން ޖަހާލާފައިވަނީ “ވިންދު” ނަމަކަށް ކިޔާ ދޯންޏެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެއީ ކުރިނބި ގެ ދޯންޏެއް ކަމަށާއި އެ ދޯނި ބަންޑުން ޖަހާލާފައިވަނީ ކުނބުރުދުއާއި ކުރިނބީއާއި ދޭތެރެއިން، ކުނބުރުދުއާ ކައިރިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ބަންޑުން ޖަހާލާފައިވާ ދޯނިން ދަތުރު ކޮށްފައިވަނީ،3 މީހެކެވެ. އަދި އެއީ2 ފިރިހެނުންނާއި، އަންހެނެކެވެ. އަދި ދޯނިން ދަތުރު ކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ކުރިނބީ ކައުންސިލްގެ ރައީސް އަފްރާހް ވަނީ ބައެއް މީޑިޔާ ތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ