ކޮވިޑް-19 ޖެހިގެން ރާއްޖެއިން 35 ވަނަ މީހާ ނިޔާވެއްޖެ

ޚަބަރު ފަހުގެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން 35 ވަނަ މީހާ ނިޔާވެއްޖެ އެވެ. ކޮވިޑް ޖެހިގެން މިއަދު ނިޔާވެފައިވަނީ 56 އަހަރުގެ އަންހެނެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ވިދާޅުވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ މިއަދު މެންދުރު 2:20 އެހާއިރު ނިޔާވި އަންހެން މީހާ އަށް ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލް ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މި މީހާ ނިޔާވުމާއި ގުޅިގެން އެޗްޕީއޭ އިން ވަނީ އާއިލާ އަށް ތައުޒިޔާ ދަންނަވާފައެވެ. އެންމެ ފަހުން މިބަލީގައި ރާއްޖެ އިން މީހަކު ނިޔާވެފައި ވަނީ ސެޕްޓެމްބަރ 21 ވަނަ ދުވަހު އެވެ.

މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ނިޔާވެފައިވަނީ 28 ދިވެހިންނާއި 7 ބިދޭސީއެކެވެ. މިދިޔަ މަހު އެކަނިވެސް ރާއްޖެއިން މި ބަލީގައި 6 މީހަކު ވަނީ ނިޔާވެފައެވެ.

އެންމެފަހުން މިބަލީގައި ރާއްޖެއިން މީހަކު ނިޔާވެފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 10،859އަށް އަރާފައިވާއިރު މިހާރުވެސް ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންޑާ 1135 މީހުން އެބަތިއްބެވެ. ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ބަލިން ރަނގަޅު ވެފައިވަނީ 9683 މީހުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ