ކުޅުދުއްފުށީ އާ އިންޖީނުގޭގެ އިމާރާތުގެ ބިންގާއަޅައިފި

ޚަބަރު ފަހުގެ

އަތޮޅުތެރޭގައިހުރި ދުވަސްވީ އިންޖީނުގެތަކުގެ ބަދަލުގައި ޒަމާނީ އިންޖީނުގެތައް އެޅުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އެޅުމަށް ހަމަޖެހިފައިވާ ހދ.ކުޅުދުއްފުށީ އާ އިންޖީނުގޭ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.

މި އިމާރާތުގެ ބިންގާއެޅީ މިކަމަށް ހާއްސަކޮށްގެން ކުޅުދުއްފުށީގައި އޮތް ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު އަދި ކުޅުދުއްފުށީ ދެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މިއީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އުނި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. 330 ދުވަސްތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫއަށް ޖުމްލަ 15،755،760.90 ރުފިޔާ ހަރަދުވާނޭކަމަށް ބެލެވެއެވެ.

ކުޅުދުއްފުށީގައި ފޯރުކޮށްދޭ ކަރަންޓުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ފެނަކައިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އިތުރު ބޮޑު ޖެނަރޭޓަރުތަކެއްވެސް ކުޅުދުއްފުއްޓަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ