އިސްލާމްދީނަށް ފުރައްސާރަކުރި އިންޑިއާ ޑޮކްޓަރު ޑީޕޯޓުކޮށްލައިފި

ޚަބަރު ފަހުގެ

މަސްތުގެ ހާލަތުގައި ހުރެ އިސްލާމްދީނަށް ފުރައްސާރަކުރި އިންޑިއާގެ ޑޮކްޓަރު، ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލައިފި އެވެ.

މަސްތުވެގެން މާލޭގެ މަގެއްގެ މައްޗަށް ވެއްޓިފައި އޮއްވައި އިންޑިއާ މީހާ ހައްޔަރުކުރީ މިމަހުގެ ދެވަނަ ދުވަހު އެވެ. ނަމަވެސް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް އޭނާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން އޭރު ބުންޏެވެ.

ފުލުހުން މިއަދު ބުނީ، މަސްތުގެ ހާލަތުގައި ހުރެ އިސްލާމް ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ އެއްގޮތަކަށް ވެސް ރާއްޖެ ނާދެވޭ ގޮތަށް ރާއްޖެއިން ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ. އޭނާ ރާއްޖެ އިން ފޮނުވާލާފައިވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިންޑިއާ މީހާ ޑީޕޯޓް ކޮށްލި އިރު، އޭނާ ވަނީ ދީނަށް ފުރައްސާރަ ކުރި މައްސަލައިގައި މައާފަށް އެދިފަ އެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ