ޢަލީ ރަމީޒުގެ ވަސިއްޔަތެއް!

ޚަބަރު އިޖުތިމާޢީ ފަހުގެ

ފޭސްބުކް މެދިވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ޢަލީ ރަމީޒު ވިދާޅުވީ، ލަވަތަކާއި މިއުޒިކް، ޓީވީ އާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާގައި ބޭނުން ނުކުރުމަށާއި އޭނާ މިއުޒިކީ ހަޔާތުގެ ފޮޓޯތަކާއި ވީޑިއޯތައް ބޭނުން ނުކުރުމަށް އެދޭކަމަށެވެ.

އެގޮތުން މިއަދު ޢަލީ ރަމީޒަކީ މާތް ﷲ އަށްޓަކައި މިއުޒިކާއި އިންތިޙާއަށް ނަފުރަތުކުރާ މީހެއްކަމަށާއި، އެގޮތުގައި އިސްލާމްދީނުގެ މަތިވެރިހިދާޔަތުގެ މަތީގައި އަނބިދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރެވޭތޯ މަސައްކަތްކުރާ މީހެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން އޭނާގެ ލަވަތައް ޖެހުމާއި، ޓީވީ ރޭޑިއޯ ތަކުން ފޮނުވުމާއި، އޭގެން ވިޔަފާރިކުރުމާއި، މީސްމީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އޭނާގެ ލަވަތަކާއި މިއުޒިކީ ހަޔާތުގެ ފޮޓޯޓަކާއި ވީޑިއޯތައް ބޭނުން ނުކުރުމަށް ވަނީ އެދިފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ޢަލީ ރަމީޒްއާއި ގުޅުވައިގެން މިއަދުވެސް އަދި އޭނާ ނެތް ދުނިޔެއެއްގައިވެސް އިސްލާމްދީނުގައި މަނާ ކުރައްވާފައިވާ އެއްވެސް ކަމެއްކުރުމަކީ އެއްވެސް ޙާލެއްގައި ރުހޭ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ އޭނާއަށް ކުރެވޭ ބޮޑު އުނދަގުލެއްކަމަށާއި، ދެވޭ އަނިޔާއެއްކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް އާދޭސް ކުރާކަމަށްވެސް ޢަލީ ރަމީޒު ވިދާޅުވިއެވެ.

“ޖާހިލުކަމާއި ނޭނގުމުގެ ތެރޭގައި މާޒީގައި ހިނގާފައިވާ މިބާވަތުގެ ކަންކަން ފެތުރުމުގައި ތިމާމެންގެ ނުބައި ޢަމަލުތަކުގެ ފަތް ބުރަކުރުމުގެ ބަދަލުގައި، ޤާފިލްކަމުގެ ނިދިން ހޭލައި، މިއުޒިކް ކުޅުމާއި، މިއުޒިކް އަޑުއެހުންފަދަ ހުތުރުކަން ބޮޑުވެގެންވާ ފާފަތަކުން ދުރުވެ. ﷲ ގެ މަގަށް ރުޖޫޢަވެ، ނުބައިކަމުގެ މަގުތައް ބަންދުކޮށް ހެޔޮ މަގުގައި ތިބޭފުޅުންގެ މުސްލިމު އަޚެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އެހީތެރިވެދެއްވުމަކީ އަޅުގަނޑު މިއަދު ކުރާ ވަސިއްޔަތެކެވެ.” ޢަލީ ރަމީޒުގެ ޕޯސްޓްގައި ވެއެވެ.

އަދި މިއުޒިކާ ދުރުވީ ކީރިތި ޤުރުއާނާއި ރަސޫލާގެ އެތަށް ހަދީޘްފުޅުތަކަކުން އެއީ ކަނޑައެޅިގެން ޙަރާމްކަމެއްކަން ކަށަވަރުވާތީކަމަށާއި، އަދި މިފަދަ ނުބައިކަން ބޮޑުވެގެންވާ ފާފައަކުން ދުރުކޮށްދެއްވީތީ މާތް ﷲ އަށް ޙަމްދުކުރާކަމަށްވެސް ޢަލީ ރަމީޒް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ