ބާރަށުގައި ކުއްޖަކު ދަންޖެހިގެން މަރުވި މައްސަލަ ބަލަނީ

ޚަބަރު ފަހުގެ

ހއ. ބާރަށުގައި އުމުރުން 18 އަހަރު ނުވާ ކުއްޖަކު ދަންޖެހިގެން މަރުވެއްޖެ އެވެ. ގޮތުގައި 17 އަހަރުގެ އެ ފިރިހެން ކުއްޖާ މަރުވެފައި ވަނީ އެ ކުއްޖާ ދިރިއުޅޭ ގޭގެ ކުރިމަތީގައި ހުންނަ ފަޅު ގެއެއްގަ އެވެ.

އެ ރަށު ކައުންސިލުގެ މެމްބަރަކު ބައެއް މީޑިޔާ ތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ރޭ ތިނެއް ޖަހަނިކޮށް ވެސް ރަށުގެ މީހުންނަށް އެކުއްޖާ ފެނިފައިވެ އެވެ. އަދި ގެއަށްދާން ބުނުމުން އޭނާއަކީ ވަރަށް އެކަނިވެރިއެއް ކަމަށް ބުނެފައިވެ އެެވެ.

އިޝްތިހާރު
އިޝްތިހާރު

ފަތިހުގެ ވަގުތެއްގައި ކުއްޖާ ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ އަތިރިއަށް ކުނި އުކާލަން ދިޔަ އަންހެނަކަށް ކަމަށް މައުލޫމާތު ލިބެ އެވެ.

އެ މައްސަލަ މިހާރު ފުލުހުން ވެސް ބަލަމުން އަންނަ ކަމަށް ކައުންސިލް މެމްބަރު ވިދާޅުވެ އެވެ. އެކަމަކު އަދި އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ލިބިފައެއް ނުވެ އެވެ.

ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި އެކުއްޖާއަކީ މަސްތުވާތަކެތި ބޭނުންކުރާ، އަދި އޭގެ ވިޔަފާރި ވެސް ކުރާ ކުއްޖެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ