ދޫނިދޫގައި ގައިދީންނަށް ބޯން ދެނީ ސާފު ފެން ނޫންކަން ހާމަވެއްޖެ

ޚަބަރު ފަހުގެ

ކ. ދޫނިދޫ ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތައް ބުއިމަށާއި ސާފުތާހިރުވުމުގެ ބޭނުމަށް ބޭނުންކުރަމުންދާ ފެނުގައި ގިނަ އަދަދަކަށް “ކޮލިފޯމް (ބެކްޓީރިއާ) ހުރި ކަމަށާއި، އެ ފެނަކީ ފެންވެރުމާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރުމަށް ކަމުދާ ފެނެއްނޫންކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެމްއެފްޑީއޭ)އިން ހާމަކޮށްފައިވާ ކަމަށް އެޗްއާރްސީއެމް އިން ވިދާޅުވެއްޖެ އެވެ.

އެޗްއާރްސީއެމް އިން މިހެން ވިދާޅުވެފައި ވަނީ، މިދިޔަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އެކޮމިޝަންގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް)އިން ދޫނިދޫ ޖަލަށް ފޮލޯއަޕް ޒިޔާރަތުގައި އެކަސްޓޯޑިއަލުގައި ބަންދުކުރެވިފައިވާ ފަރާތްތައް ބުއިމަށާއި ސާފުތާހިރުވުމުގެ ބޭނުމަށް ބޭނުންކުރަމުންދާ ފެން ތަޙްލީލު ކުރުމަށް ފަހު އެވެ.

އިޝްތިހާރު
އިޝްތިހާރު

އެޗްއާރްސީއެމް އިން ވިދާޅުވީ، މި ކަސްޓޯޑިއަލުގެ ޑީސެލިނޭޝަން ޕްލާންޓުން ފޯރުކޮށްދޭ ފެނުގައި ގިނަ އަދަދަކަށް “ކޮލިފޯމް (ބެކްޓީރިއާ)” ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކަށް ނުފެތޭ ފެނެއްކަމަށާއި،، އެ ފެނަކީ ފެންވެރުމާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރުމަށް ކަމުދާ ފެނެއް ނޫންކަމަށް އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.

އަދި މި ފެން ބޭނުންކުރުމުން ހަމުގެބަލިފަދަ ބަލިތައްޖެހުމަށް މަގުފަހިވުމުގެ ފުރުސަތު އޮތްކަމަށް އެމްއެފްޑީއޭ އާއި ކަމާގުޅޭ މާހިރުން ލަފާ ދެއްވާފައިވާ ކަމަށެވެ.

އެހެންވެ އެ ކޮމިޝަން ކ. ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލުގައި ބަންދުގައި ތިބޭ ފަރާތްތަކަށާއި ދޫނިދޫގައި އެ ފެން ބޭނުންކުރާ އެންމެހާ ފަރާތްތަކަށް މިފެން ފޯރުކޮށްދިނުން ހުއްޓާލަން އަންގާފައިވާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

“އެ ފަރާތްތަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސައި، ސާފު ބޯފެން ފޯރުކޮށްދިނުމަށް ހަމަޖެއްސި އިންތިޒާމުތަކުގެ ތަފްސީލް 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި މި ކޮމިޝަނާ ލިޔުމުން ހިއްސާކުރުމަށް 27 އޮކްޓޫބަރު 2020 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާ، އަދި މިއެންގުމާ އެއްގޮތަށް ޢަމަލުނުކޮށްފިނަމަ ފިޔަވަޅު އަޅާނެކަންވެސް ވަނީ އެއިދާރާއަށް އަންގާފައެވެ”. އެ ބަޔާނުގައި ވެއެެވެ.

އެ ކޮމިޝަނުން ވިދާޅުވީ، އެ ކޮމިޝަނުން މިއަދު ދޫނިދޫ ކަސްޓޯޑިއަލްއަށް ޒިޔާރަތްކޮށް ބެލިބެލުމުން އެތަނުގައި ފޯރުކޮށްދެމުންދާ ފެން ފޯރުކޮށްދިނުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަަން ހާމަވެފައިވާ ކަމަށެވެ. އަދި ވަގުތުން ވަގުތަށް ބަދަލެއް ގެނައުމަށް އެކަށީގެންވާ މަސައްކަތެއްކޮށްފައި ނުވާކަަމަށްވެސް ވިދާޅުވެފައި ވެެެއެވެ.

އެހެންގެ އެކަމާއި ގުޅިގެން ފިޔަވަޅު އެޅުމަށް އެޗްއާރްސީއެމުން އިން ނިންމާފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ