ބަޑި ބުރާސްފަތި : ޝަހީދު ކުޑަ އާދަމް ކުޑަތުއްތު

އަރކައިވް މީހުން ފަހުގެ

ލާންސް ކޯޕްރަލް ކުޑަ އާދަމް ކުޑަތުއްތު ޒޯން ޑިއުޓީގައި މެދު ޒިޔާރަތްމަގުގައި އުޅުއްވަމުން ގެންދަވަނިކޮށް ދިން ބަޑީގެ ހަމަލާއިން ވަޒަން އަރައި ޝަހީދުވީ އެވެ. ލާންސް ކޯޕްރަލް ކުޑަ އާދަމް ކުޑަތުއްތު ޝަހީދުވެގެން ވެއްޓިފައިވަނީ އިސްލާމީ މަރުކަޒުގެ ކައިރިން މެދުޒިޔާރަތް މަގަށެވެ.

ލާންސް ކޯޕްރަލް ކުޑަ އާދަމް ކުޑަ ތުއްތު ޝަހީދުވެފައިވަނީ ސިފައިންގެ ޑިއުޓީގައި ހުންނަވަނިކޮށް ކަމަށްވާތީ ދިވެހި ދަތުލަތުން އެކަމުގެ އަގު ވަޒަންކުރައްވާ ލާންސް ކޯޕްރަލްއެއްގެ މަގާމުން ސާޖެންޓެއްގެ މަގާމުގެ ކުރިއެރުން ދެއްވައި ހުރަވީ ރިހި މެޑަލް އައި ތިނެއް ނޮވެމްބަރުގެ މެޑަލް އާއި ޖިހާދުގެ ރަތް މެޑަލްދެއްވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޝަހީދުވީ އުމުރުފުޅުން 49 އަހަރާއި 10 މަހާއި 1 ދުވަހުންނެވެ. ދާއިމީ އެޑްރެހަކީ ހ.އަންހީޓު އެވެ. ބައްޕައަކީ ކުޑަ އާދަމް، މުލަކު އެވެ.

މައުލޫމާތު: އެމްއެންޑީއެފްއިން ނެރުނު 3 ނޮވެމްބަރު ފޮތުން

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ