ޅެން : ނަސްރުގެ ދުވަސް

ޅެން އަރކައިވް އަދަބިއްޔާތު ފަހުގެ

ނަސްރުގެ ދުވަސް
ޢަލީ ނައުފަލް، އޯކިޑުމާގެ / ށ. ޅައިމަގު

އެދުނީ ބިމާއި ދީނޭ ލޮބުވެތި އެ މާތް ޝަހީދުން
އެދުމެއް އަމިއްލަ ނެތްކަން ހިތުގައި ޔަޤީނެ އަމުދުން
އެދަރީންގެ މާތްވި ޒިކުރާ ނުފިލާނެ ގައިމެ މިބިމުން

އިޝްތިހާރު
އިޝްތިހާރު

ބިރުވެރި ތިނެއް ނޮވެންބަރު އަށްޑިހައަށެއް ބުރާސްފަތި
އިރުވެސް އެރީ މިދީބުގެ ކުރަމުންނެ ހިތް އެ ފޮތިފޮތި
ކެރިގެން ލެއިން ފިދާވީ މިބިމަށްޓަކާއެ އެހިނދުން

ޒަޚުމާއި އޭގެ ރިހުމާ އެކަލާނގެއާ ވަކީލޭ
ފަހުނޭވަޔާއި ވިންދާ މިބިމާ ކުރީ ޙަވާލޭ
ފޮހެވޭހެ ޢަޒުމު ލޯތްބާ އެހިތާއި ހިތުގެ ވިންދުން
އެދުނީ ބިމާއި ދީނޭ ލޮބުވެތި އެ މާތް ޝަހީދުން
އެދަރީންގެ މާތްވި ޒިކުރާ ނުފިލާނެ ގައިމެ މިބިމުން

ނަސްރުގެ ދުވަސް
ހުށައަޅައިދިނީ : މަރިޔަމް ރާއިދާ، ޒަމާލިކް، ހއ.މާރަންދޫ
ޅެން : ޢަލީ ނައުފަލް، އޯކިޑުމާގެ، ށ. ޅައިމަގު
ގޮށްކޮޅުގެ އުފެއްދުމެއް
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ