ބައިޑަންއަށް ރައީސުލްޖުމްހޫރިއްޔާ މަރުޚަބާ ދަންނަވައިފި

ޚަބަރު ފަހުގެ

އެމެރިކާގެ 46 ވަނަ ރައީސަކަށް އިންތިޚާބުވެވަޑައިގެންނެވި ޖޯ ބައިޑަންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަރުޚަބާ ދަންނަވައިފިއެވެ.

ވާދަވެރި އިންތިޚާބަކަށްފަހު ރައީސް ޑޮނަލްޑް ޓްރަންޕު ބަލިކުރައްވާ އިދިކޮޅު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ރައީސްކަމަށް ވަޑައިގަތުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރައްވައިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިކަމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި ޓުވީޓުގައި އެމެރިކާގެ 46 ރައީސަކަށް އިންތިޚާބުވެވަޑައިގެންނެވި ޖޯ ބައިޑަންއަށް ވަނީ ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. އަދި އެމެރިކާގެ އައު ސަރުކާރާއިއެކު ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށާއި، ކޯވިޑް-19ގެ މި ޙާލަތުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުމުގެ ޝަޢުގުވެރިކަން އެމަނިކުފާނު ވަނީ ފާޅުކުރައްވާފައެވެ.

ހަމައެހެންމެ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ބައިޑަންގެ ސަރުކާރާއެކު ރާއްޖޭން މަސައްކަތްކުރުމަށް ތައްޔާރަށް ހުންނެވިކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ