ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު މަސައްކަތްކުރާ 52 މީހަކު ޕޮޒިޓިވްވެއްޖެ

ޚަބަރު ފަހުގެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގައި މަސައްކަތްކުރާ 52 ބިދޭސީން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، މި 52 މުވައްޒަފުންނަކީ އެއަރޕޯޓުގައި ކުރިއަށްދާ މަސައްކަތްތަކުގައި ސަބް-ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާ 2 ކުންފުންޏެއްގެ މުވައްޒަފުންތަކެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ކޭސް އާއި ގުޅިގެން އެއް ކުންފުންޏެއްގެ 425 މުވައްޒަފުން އަދި އަނެއް ކުންފުނީގެ 225 މުވައްޒަފުން ކަރަންޓީންކޮށްފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ، މި ކޭސް އިތުރަށް ބަލަމުންދާކަމަށާއި، ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތްތައްވެސް ކުރިއަށް ދާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ