ރާއްޖެއިން އަންގޯލާ އާއިއެކު ޑިޕްލޮމޭޓިކް ގުޅުން ގާއިމް ކޮށްފި

ޚަބަރު ފަހުގެ

ރާއްޖެއިން ދެކުނު އެފްރިކާގެ ގައުމެއް ކަމުގައިވާ އަންގޯލާ އާއިއެކު ޑިޕްލޮމޭޓިކް ގުޅުން ބަދަހިކޮށްފިއެވެ.

އަންގޯލާއާއިއެކު ޑިޕްލިމޭޓިކް ގުޅުން ބަދަހިކުރުމަށްފަހު ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ޔުނައިޓެޑް ނޭޝަންސްއަށް ރާއްޖެއިން ކަނޑައަޅާފައިވާ ޕާމިނެންޓް ރެޕްރިސެންޓޭޓިވް ތިލްމީޒާ ހުސެއިންނެވެ. އަންގޯލާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އަންގޯލާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ޕާމިނެންޓް ރެޕްރިސެންޓޭޓިވް މާރިއާ ޑި ޖީސޫސް ޑޮސް ރީސް ފެރޭރާ އެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ސޯލިހު ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދަށުން އަންގޯލާ އާއިއެކު ޑިޕްލޮމޭޓިކް ގުޅުން އަންގާރަ ދުވަހު ބަދަހިކުރިއިރު، ރައީސް ސޯލިހުގެ ސަރުކާރުން އަންނަނީ ގައުމުތަކާއިއެކު ބާއްވަމުން އަންނަ ޑިޕްލޮމޭޓިކް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަންގޯލާ އާއިއެކު ޑިޕްލޮމޭޓިކް ގުޅުން ރާއްޖެއިން ގާއިމުކުރުމާއިއެކު ރާއްޖެއިން މިހާތަނަށް 173 ގައުމަކާއިއެކު ވަނީ ޑިޕްލޮމޭޓިކް ގުޅުން ގާއިމުކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ