އައްޑޫގައި ފުލުހުންތަކެއް މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

ޚަބަރު ފަހުގެ

އައްޑޫ ސިޓީ ފޭދޫގައި ފުލުހުން މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ފޭދޫގައި ފުލުހުން މީހަކަށް އަނިޔާ ކުރި ކަމަށް ކުރާ ތުހުމަތުތައް ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން އިންޓާނަލީ ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާނެ ކަމަށެވެ.

އަދި އެ މައްސަލާގައި މިނިވަން މުއައްސަސާތަކުން ކުރިއަށްގެންދާ ތަހުގީގުތަކަށް ވެސް ފުލުހުން އެއްބާރުލުން ދޭނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މި މައްސަލައާ ގުޅިގެން އަނިޔާ ލިބުނު ފަރާތުގެ ދައްތަ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝިީދަށް ސިޓީއެއް ވެސް ފޮނުވާފައެވެ.

އަނިޔާ ލިބުނު މީހާގެ ދައްތަ ފޮނުވި އެ ސިޓީގައި ބުނެފައިވާ ގޮތުން، މި މަހުގެ 9 ވަނަ ދުވަހުގެރޭ 11:00 ހާއިރު އޭނާގެ ކޮއްކޮ އައްޑޫ ސިޓީ ހިތަދޫގެ މަގެއްގެ މަތީގައި ހުއްޓާ ފުލުހުންތަކެއް އައިސް އޭނާ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ އަތުގައި ބިޑި އެޅުވުމަށް ފަހު، އޭނާގެ ގައިގައި ތެޅާފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ކަންފަތް މަތީ އެތައް ފަހަރަކު ޖަހާފައިވާ ކަމަށް ބުނެފައިވެ އެވެ.

https://twitter.com/sheezashareef/status/1326504736263032832?s=19

އަދި އެތަނުގައި ތިބި ފުލުހުންގެ އޮފިސަރުންތަކެއް ބެޑް ޝީޓެއް ހިފައިގެން އައިސް އޭނާގެ ކޮއްކޮ އެ ބެޑް ޝީޓުން އައްސައި އެކޮޅުކޮޅުން ބާއްވާނެ ކަމަށް ބުނެ ބިރު ދައްކާފައިވާ ކަމަށެވެ. އަދި އޭނާގެ ގައިގައި ޖެހިކަން އެއްވެސް މީހެއްގެ ކައިރީގައި ބުނެފިނަމަ “ހޭއަރުވާލާނެ” ކަމަށް ބުނެ އިންޒާރުދީފައިވާ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

“އަޅުގަނޑުގެ ކޮއްކޮގެ ގައިގައި ތަޅަން ޖެހުނީ އެތަނުން އެއް އޮފިސަރެއްގެ “އެޖާނީ ވޭސްޓުވާތީ” ކަމަށް ގަން ޕޮލިސް ސްޓޭޝަންގެ އޮފިސަރުން ބުނި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އޮން ހިއުމަން ރައިޓްސް އެންޑް ޖެންޑާ އިން ބައްލަވައިދެއްވުމަށް އެދެން” އެ ސިޓީގައި ބުނެފައިވެއެވެ.

އެ އަނިޔާތަކުގެ ސަބަބުން އޭނާގެ ވާތު ކަންފަތުގެ ތޫރި އިރައިގެން ގޮސްފައިވާ ކަމަށާއި، ގަދަ ބާރުން އަނިޔާކޮށްފައިވާކަން ފޭދޫ ސިއްހީ މަރުކަޒުގެ ޑޮކްޓަރު ދީފައިވާ ލިޔުމުން ހާމަވާ ކަމަށްވެސް ބުނެފައިވެއެވެ.

އެ ސިޓީގައި އެދިފައި ވަނީ އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ބަލައިދިނުމަށެވެ. އޭގެ އިތުރުން އޭނާ ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް ސިޓީ ފޮނުވައި މައްސަލަ ބަލައިދިނުމަށް އެދިފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ