ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށް، ލޯނެއް ނަގަނީ!

ޚަބަރު ފަހުގެ

ކުރީގެ ރައީސް ޔާމިން އަބްދުލް ގައްޔޫމްގެ ސަރުކާރުން ތަރައްގީ ކުރި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށް ސަރުކާރުން ބޮޑު ލޯނެއް ނެގުމަށް ނިންމައިފިއެވެ.

ޞުކޫކު ވިއްކުމަށްޓަކަށް ރަހުނަކަށް ދަރުވަމަވަންތަ ހޮސްޕިޓަލު ހަމަޖެއްސުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަމީރުގެ އެ ސިޓީގައި ބުނެފައިވަނީ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް އިޝޫ ކުރުމަށް ބޭނުންވާ އެސެޓް (ދަރުމަވަންތަ ހޮސްޕިޓަލް) މިނިސްޓްރީ އޮފް
ފިނޭންސް އަށް ރަޖިސްޓްރީ ކުރުމާއި ބެހޭ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލް އަޤުވާމީ މާލީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމުގެ މަސައްކަތް އިސްލާމިކް ކޯޕަރޭޝަން ފޯ ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ (އައިސީޑީ) އާއި އެކު ކުރަމުން ދާ ކަމަށެވެ. އަދި އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން މި ސުކޫކު ވިއްކުމަށް 100 އިންސައްތަ ސަރުކާރު ހިއްސާވާ ސްޕެޝަލް ޕަރޕަސް ވެސަލް (އެސްޕީވީ) އެއް ހެދުމަށްފަހު ސުކޫކުގެ 51 އިންސައްތަ އަށްވުރެ މަތިން އަގު ކުރެވޭ އެސްޓެއްގެ ބެނެފިޝަލް އޯނާޝިޕް އެސްޕީވީއަށް ޓްރާސްފަރ ކުރަން ޖެހޭ ކަމަށެވެ.

ސިޓީގައި ބުނެފައިވަނީ މި ވަގުތު ސަރުކާރުގެ ހުރި އެސެޓްތައް ބެލުމަށްފަހު މިކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި އެގޮތަށް ކުރިޔަށް ދިއުމަށް ނިންމާފައިވާ ކަމަށް ވެސް ސިޓީގައި ވެއެވެ.

ޝަރީއާ އޮނިގަނޑުގެ ތެރެއިން ސުކޫކު، އިޝޫ ކުރުމަށް ބޭނުން ކުރަން ޖެހޭ އެސެޓަކީ ފިނޭންސްގެ ނަމުގައި ރަޖިސްޓާ ކުރެވިފައިވާ އެސެޓަކަށް ވާންޖެހެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ރަހުނު ކުރުމަށް ނިންމިއިރު މަޖިލީހަށް ވަނީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ވެސް ހުށަހަޅާފައެވެ. ކޮވިޑާއި އެކު ރާއްޖޭގެ އިގްތިސާދު ދަށަށް ގޮސްފައިވާއިރު ލޯނުތައް ނުނެގުނަށް ވޯލްޑް ބޭންކުން ވެސް ވަނީ ލަފާ ދީފައެވެ. އޭގެ އިތުރުން ދާދި ފަހުން ފިޗްއިން ވެސް ވަނީ ރާއްޖޭގެ ދަރަނިތައް އިތުރުވަމުން އަންނާތީ ކަންބޮޑުވުންފާޅު ކޮށްފައެވެ.

މި އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނީގެ އަދަދު 74 ބިލިއަންއަށް އަރާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ