ހޯރަފުށީ އެއާޕޯޓަކީ އިހަވަންދިއްޕޮޅުގެ ތަރައްޤީގެ ފެށުން: ރައީސް

ޚަބަރު ފަހުގެ

ހޯރަފުށީ އެއަރޕޯޓަކީ އިހަވަންދިއްޕޮޅުގެ ތަރައްޤީގެ ފެށުން ކަމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، މިއީ ސަރުކާރުން ލާމަރުކަޒުކުރުމުގެ ދަތުރުގައި އެޅި މުހިންމު ފިޔަވަޅެއްކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ އެއަރޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ހޯރަފުށީ އެއަރޕޯޓް ހުޅުވުމާއި ހަމައަށް އެރަށުގެ ރައްޔިތުން ބައިވެރިވި މިންވަރާ ޝާމިލްވި މިންވަރަކީ ލާމަރުކަޒުކުރުމަށް ލިބޭ ހިތްވަރެއްކަމަށެވެ. އެގޮތުން އެރަށުގެ ރައްޔިތުން އެއަރޕޯޓް ތަރައްްޤީކުރުމަށް ވެދިން އެހީތެރިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ހޯރަފުށީ އެއަރޕޯޓަކީ، ލާމަރުކަޒުކުރުމުގެ ދަތުރުގައި މިސަރުކާރުން އެޅި މުހިންމު ފިޔަވަޅެއްކަމަށެވެ. މިއީ މުޅި އިހަވަންދިއްޕޮޅު ތަރައްޤީކުރުމުގެ ފެށުންކަމަށާއި، އެސަރަހައްދުގެ ރައްޔިތުން ޤަބޫލުކުރާ ތަރައްޤީ ގެނެސްދޭނެ އުއްމީދެއްކަމަށް ރައީސް ވިދާޅުވިއެވެ. ހޯރަފުށީ އެއަރޕޯޓުން އެސަރަހައްދުން ވަޒީފާގެ ފުރުޞަތު ތަނަވަސްވާނެ ކަމަށާއި، އެއރަޕޯޓް އިތުރަށް ފުރިހަމަވާއިރު އެސަރަހައްދުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ފަސޭހަ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެރަށުން ބިންދޫކުރުމަށް ޕްލޭނިން މިނިސްޓްރީއަށް މިދިޔަ ހޯމަދުވަހު ހުއްދަދީފައި ވާކަމަށެވެ.

“ރަށު ތަރައްޤީއާކު ބިން އަަވަހަށް ދޫކުރުމަށް ކައުންސިލަށް ގޮވާލަން. މިޙާތަނަށް ފަތުރުވެރިކަން ފުރުޞަތު ނެތަސް މިއެރޕޯޓާއެކު ވަރަށް ފަހި ފުރުޞަތުތަކެއް ތަނަވަސްވާނެ. ކެލާގައި ޓޫރިސްޓް ހޮޓެލެއް 8 ލައްކަށް އަކަފޫޓަށްވުރެ ބޮޑު ބިމެއް ވާނީ ހުޅުވާލާފަ. އުލިގަމުގައި ޔޮޓް މެރިނާ ތަރައޤީކުރުމަށް ބީލަމަށްލާފަ. އުލިގަމު ބަނދަރަށް ޔޮޓުންނަ ނަގާފީ ވާނީ ކުޑަކުރެވިފައި.” ރައީސް ވިދާޅުވިއެވެ.

ބޮޑުތިލަދުންމަތީގެ ތަރައްޤީއަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވި ދިއްދޫގެ ދެކުނުން އޮންނަ އަލިދުއްފަރު ރިސޯޓެއް ގޮތުގައި ތަރައްޤީކުރާނެކަމަށެވެ. އަދި ހދ. ށ ނ.އަތޮޅުގެ ބައެއް ރަށްތައް ފަތުރުވެރިކަމަށް ދޫކުރާނެކަމަށެވެ.

ފަތުރުވެރިކަން ލާމަރުކަޒު ކުރާއިރު އެންމެ މުހިންމީ ހަނިމާދޫ ބައިނަލްއަޤްވާމީ އެއަރޕޯޓް ތަރައްޤީކުރުންކަމަށާއި، ވަރަށް އަވަހަށް ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުން އަވަހަށް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. އެއާއިއެކު ބޭރުގެ ފްލައިޓްތަކުން އަންނަ ފަތުރުވެރިން ސީދާ ތިލަދުންމައްޗަށް ފައިބާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އަންނަ އަހަރު ތިން އެއަރޕޯޓެއްގެ މަސައްކަތް ފެށޭނެކަމާއި، އިތުރު ބޮޑެތި ތަރައްޤީގެ މަޝްރޫޢުތައް ފެށޭނެކަމުގެ އުފާވެރި ޚަބަރު ރައްޔިތުންނަށް ދެއްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ