އާލާސްކަންފުޅާ އުޅުއްވާތީ ރައީސްގެ ކެމްޕޭން ދަތުރުފުޅު ފަސްކުރައްވައިފި

ސިޔާސީ ފަހުގެ

އާލާސްކަންފުޅާ އުޅުއްވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕޭން ދަތުރުފުޅު ފަސްކުރައްވައިފިއެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް މިހާރު ހުންނެވީ އއ. އަތޮޅުގައި ކެމްޕޭނަށް ވަޑައިގެންނެވެ. އިއްޔެ އއ އަތޮޅުގެ 7 ރަށަކަށް ރައީސް ވަޑައިގަންނަވާފައިވާ އިރު، މިއަދު އއ. ހިމަންދޫގެ އިތުރުން އދ. އަތޮޅުގެ 7 ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް ރައީސް އާލާސްކަންފުޅާ އުޅުއްވާތީ އެމަނިކުފާނުގެ މިއަދުގެ ދަތުރުފުޅު ވަނީ ފަސްކުރައްވާފައެވެ. އެމްޑީޕީން ބުނީ ރައީސްގެ ދަތުރުފުޅުގެ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ