އަހަރުތަކެއް މެދު ކެނޑުމަށް ފަހު ހަނިމާދޫ ސްކޫލުން މަތީސާނަވީއަށް ދަރިވަރުން ހޯދަނީ!

ހަނިމާދޫ ޚަބަރު ފަހުގެ

އަހަރުތަކެއް މެދު ކެނޑުމަށް ފަހު ހަނިމާދޫ ސްކޫލުން މަތީސާނަވީއަށް ދަރިވަރުން ހޯދަން އިއުލާން ކޮށްފިއެވެ. މީގެ ކުރިން ހަނިމާދޫ ސްކޫލްގައި މަތީ ސާނަވީ އަށް ކިޔަވައި ދީފައިވަނީ 2014 ން 2017 އަށެވެ.

2023 ވަނަ އަހަރު ގުރޭޑް 11 އަށް ކުދިން ވައްދަން އިއުލާން ކޮށްފައިވަނީ ސައިންސް އަދި ބިޒްނަސް ސްޓްރީމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެގޮތުން ސައިންސް ސްޓްރީމަށް ވަންނަން އެދޭ ދަރިވަރެއްނަމަ އެސް. އެސް. ސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ މާއްދާތަކުގެ ތެރެއިން ފިޒިކްސް، ކެމިސްޓްރީ، ބައޮލޮޖީ މި ތިން މާއްދާގެ ތެރެއިން 2 މާއްދާއިން ފާސްވެ އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ މާއްދާތަކުގެ ތެރެއިން އިތުރު 1 މާއްދާއިން ފާސްވެފައިވާންޖެހެއެވެ.

ބިޒްނަސް ސްޓްރީމަށް ވަންނަން އެދެ ދަރިވަރެއްނަމަ އެސް. އެސް. ސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައިވުމާއެކު ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ މާއްދާތަކުގެ ތެރެއިން ބިޒްނަސް ސްޓަޑީސް/ކޮމާރސް، އެކައުންޓް، އިކޮނޮމިކްސް، މި 4 މާއްދާގެ ތެރެއިން 2 މާއްދާއިން ފާސްވެ އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ މާއްދާތަކުގެ ތެރެއިން އިތުރު 1 މާއްދާއިން ފާސްވެފައިވާންޖެހެއެވެ.

ފާސްވެފައި ވާ ކަމަށް ބަލާނީ އޭ ސްޓަރ އާއި އޭ، ބީ އަދި ސީ ކަމަށް އެ ސުކޫލުން މައުލޫމާތު ދެއެވެ.

އޭ ލެވެލްއަށް ވަންނަ ދަރިވަރުންނަށް ކަނޑައަޅާފައިވާ އިތުރު ޝަރުތުތަކެއްވެސް ވެ އެވެ. އެއީ 2021 އޮކްޓޫބަރ/ނޮވެންބަރުގެ ކުރިން ޖީ.ސީ.އީ އޯލެވެލް އާއި އެސް. އެސް. ސީ އިމްތިހާނު ހަދާފައި ނުވުމާއި ދިވެހިރާއްޖޭގެ ޤާނޫނާ ޤަވާއިދާ ހިލާފުވެފައިވާ ނުވަތަ ޝަރުއީ މައްސަލައެއްގައި ހުކުމެއް އިއްވާފައި ކުއްޖެއް ކަމުގައި ނުވުމެވެ. އަދި ކައިވެންޏެއް ކޮށްފައިވާ މީހަކަށް ވެގެން ނުވާނެއެވެ.

މަތީ ސާނަވީއަށް ވަނުމަށް ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށް ދާނީ މިހިނގާ އޮގަސްޓު މަހުގެ 21 އިން ފެށިގެން 24 އޮގަސްޓް 2023 ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 ން މެންދުރު 2 ށެވެ. އަދި ފޯމު ބަލާ ދުރުވާއިރު ނަތީޖާ ސްލިޕް ގެނައުމަށް ހަނިމާދޫ ސްކޫލުން އެދިލައްވައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: