ދެވަނަ ބުރެއްގައިވެސް ރައީސް ސޯލިހުގެ ފަހަތަކަށް ނާރާނަން: ނަޝީދު

ސިޔާސީ ފަހުގެ

ދެވަނަ ބުރަކަށް ދިޔަ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ފަހަތްޕުޅައް އަރައިވަޑައި ނުގަންނަވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އިލްޔާސް ލަބީބާއީ ރަނިންމޭޓް ހުސައިން އަމްރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިއަދު ނ ވެލިދުއަށް ވަޑައިގެން އެރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އިޝްތިހާރު
އިޝްތިހާރު

“ރައީސް ސާލިހު އެކިއެކި ބޭފުޅުން ލައްވާ އަޅުގަނޑުމެންނާއި ގުޅުއްވޭތޯ އެބަ ބައްލަވާ. ދެވަނަ ބުރެއްގައިވެސް އަޅުގަނޑުމެން ނުދާނަން ރައީސް ސާލިހާ އެކުގައެއް. އަޅުގަނޑުމެން ރައީސް ޞާލިހު ތިންވަނައަށް ނުލައި އިރާދަކުރެއްވިއްޔާ ހުއްޓައެއް ނުލާނަން. އަޅުގަނޑުމެން ތިބޭނީ ދެވަނަ ބުރުގައި. މިއިންތިހާބު އަޅުގަނޑުމެން ކާމިޔާބު ކުރާނަން.” ނަޝީދު

މީގެ އިތުރުން ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ، ވެލިދޫގެ ރައްޔިތުންނާކީ ގޮތެއްގައި ތިއްބެވި ބައެއްކަމަށާއި އެމީހުންގެ ގޮތް ކަނޑުވާލަން ދެތިން ވިޔަފާރިވެރިއަކު މަސައްކަތް ކުރިނަމަވެސް އިރާދަކުރެއްވިޔާ އެކަމެއް ނުވާނެކަމުގައެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ