ހަނިމާދޫގައި މާދަމާ އެމްއެންޑީއެފްގެ މިލިޓަރީ ޕެރޭޑެއް ބާއްވަން ނިންމައިފި

ޚަބަރު ހަނިމާދޫ

ހަނިމާދޫގައި މާދަމާ އެމްއެންޑީއެފްގެ މިލިޓަރީ ޕެރޭޑެއް ބާއްވަން ނިންމައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް ހދ.ހަނިމާދޫއަށް ބަދަލުކުރާތީ، އެކަން ފާހަގަކުރުމުގެ ގޮތުން ހަނިމާދޫގައިސިފައިންގެ މިލިޓަރީ ޕެރޭޑެއް ބާއްވަން ނިންމާފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:30 ގައެވެ. ޕެރޭޑަށްފަހު ސިފައިންނާއެކު ފޮޓޯނެގުމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލާފައި ކަމަށްވެސްއެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް ހދ.ހަނިމާދޫއަށް ބަދަލުކުރުމާ ގުޅިގެން އިތުރު 4 ރަށެއްގައިވެސް މިލިޓަރީ ޕެރޭޑް ބާއްވަން ވަނީނިންމާފައެވެ. އެރަށްތަކަކީ:

* ހދ. ކުޅުދުއްފުށި 26 އޮގަސްޓް

* ހއ. ދިއްދޫ – 27 އޮގަސްޓް

* ހއ. އިހަވަންދޫ – 28 އޮގަސްޓް

* ހދ. ނޮޅިވަރަންފަރު– 29 އޮގަސްޓް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ