މިއަދަކީ ރާއްޖޭގައި ސިއްޙީ ޚިދުމަތްތެރިން (ކޮމިޔުނިޓީ ހެލްތް ވޯކަރސް) އުފެދުނުތާ 50 އަހަރު ފުރޭ ދުވަހަށްވާތީ ކޮމިޔުނިޓީ ހެލްތް ވޯކަރުންނަށް ޑރ.މުޢިއްޒު މަރުޙަބާ ދަންނަވައިފިއެވެ.
ޑރ.މުޢިއްޒު މިއަދު ކުރެއްވި ޓުވީޓުގައި މި މުނާސަބަތުގައި، ޕްރައިމަރީ ހެލްތް ކެއަރ ގެ ޚިދްމަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދެއްވުމުގައިކޮމިޔުނިޓީ ހެލްތް ވޯކަރުން ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ބުރަ، އެހާމެ މުހިއްމު މަަސައްކަތްތައް ފާހަގަކޮށް މަރުޙަބާ ދަންނަވާފައިވެއެވެ.
ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމުގައި އެންމެ މުހިއްމު ކަމެއްދޭނޭ އެއް ދާއިރާކަމަށް ޕްރިވެންޓިވް/ޕްރައިމަރީ ހެލްތް ކެއަރ ގެ ދާއިރާކަމަށް އިޢުލާންކޮށްފައިވާނެ ކަމަށްވެސް ޑރ.މުޢިއްޒުގެ ޓުވީޓުގައި ފާހަގަކޮށްފައިވެއެވެ.
މިއަދަކީ ރާއްޖޭގައި ސިއްޙީ ޚިދުމަތްތެރިން (ކޮމިޔުނިޓީ ހެލްތް ވޯކަރސް) އުފެދުނުތާ 50 އަހަރު ފުރޭ ދުވަސް. މި މުނާސަބަތުގައި، ޕްރައިމަރީ ހެލްތް ކެއަރ ގެ ޚިދްމަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދެއްވުމުގައި ކޮމިޔުނިޓީ ހެލްތް ވޯކަރުން ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ބުރަ،…
— Dr Mohamed Muizzu (@MMuizzu) September 1, 2023


