މިރޭ ލ.ފޮނަދޫގައި ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ޑރ.މުޢިއްޒުއަކީ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ހުންނެވި އެންމެ ޤާބިލް ބޭފުޅާ ކަމަށެވެ.
ޑރ.ޝަހީމް ވިދާޅުވީ އިދިކޮޅު ލީޑަރުން އެމަނިކުފާނާ ޒާތީގޮތުން އެކި ބަސްތައް ބުނަމުންދާކަމަށެވެ. އަދި މިރޭވެސް އިދިކޮޅު ޖަލްސާ ފެށީ ޑރ.މުޢިއްޒުއަށް އެއްޗެހި ކިޔަމުން ކަމަށެވެ. އެތަނުގައި ވާހަކަ ދެއްކި އެންމެންވެެސް ޑރ.މުޢިއްޒުއަށް އެއްޗެހި ކީ ކީއްވެތޯ ޑރ.ޝަހީމް ސުވާލުކުރެއްވިއެވެ. އެ ސުވާލަށް އަމިއްލައަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ “މޭވާ އަޅާ ގަހަށް ގާ އުކާނެ” ކަމަށެވެ.
ޑރ.މުޢިއްޒު އެބޭފުޅުންނަށް އެއްވެސް އެއްޗެއް ވިދާޅުނުވުމަކީ އެމަނިކުފާނަކީ ޙިލްމުވެރި ބޭފުޅެއްކަން އަންގައިދޭ އެންމެ ބޮޑު ރަމްޒުކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.


