މިނިވަން އިންސާފުވެރި އިންތިހާބެއްގެ ޔަގީންކަމެއް ނެތް: ތޮލާލް

ފަހުގެ ސިޔާސީ

މިނިވަން އިންސާފުވެރިން އިންތިހާބެއް ބޭއްވުމަށްޓަަކައި އިދިކޮޅު ޕީޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރޮސިވް ކޮންގްރެސް ކޯލިޝަނުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމާފައި ނުވާތީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމަށް އަދިވެސް ގަބޫލުނުކުރެވޭ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން އެޖެންޓް އަދި ތަރުޖަމާން މުހައްމަދު ތޮލާލް ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކައި ބައެއް ކަންކަމާ މެދު ގޮތްތަކެއް ނިންމައިދިނުމަށް އިދިކޮޅު ކޯލިޝަނުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ތޮލާލް ފަހާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ ބައެއް މީހުންނަށް މަޖުބޫރުކޮށްގެން ވަކިކުލަތަކެއްގެ ގަލަމުން ފާހަގަޖެހުމަށް ބާރު އެޅުމާއި، ކެންޑިޑޭޓެއްގެ ނަމާއި ދިމާލުގައި ގާނޫނުގައި ބުނާ ފާހަގައިގެ އިތުރުން އިތުރު ފާހަގައެއް ޖަހަން ބައެއް މީހުންނަށް މަޖުބޫރު ކުރާ މައްސަލަ އެވެ.

ތޮލާލް ވިދާޅުވީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ފިޔަވާ އެހެން ކުލައެއްގެ ގަލަމުން ފާހަގަ ޖެހިގެން ނުވާނެ ކަމަށެވެ. އަދި ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ޖަހަންޖެހޭ ފާހަގައިގެ އިތުރުން އެހެން ފާހަގައެއް އިންނަ ނަމަ އެ ވޯޓު ކަރުދާސް ބާތިލްކުރަންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މިމައްސަލަތައް ހައްލުކޮށްދިނުމަށް ތަކުރާރުކޮށް ހުށަހެޅި ނަމަވެސް ކޮމިޝަނުން އެކަމުގައި އަދިވެސް ގޮތެއް ނިންމާފައިވާ ނުވާކަން ވެސް ތަލާލް ފާހަގަކުރެއްވި އެވެ. އަދި އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމުގައި ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ބޮޑުތަނުން ބަލިވާނެކަން ޔަގީންވީމާ ކުރިންވެސް ހަދާހެން ވޯޓް އޮޅުވާލަނިއްޔޭ. ޖަހާ ފާހަގަ އަމިއްލަ އަށް ދުވަނިއްޔޭ މިހާރުން ފެށިގެން ކިޔަން ފެށީއެވެ.