ގަމުގައި ނެޝަނަލް މެންޓަލް ހޮސްޕިޓަލެއް އިމާރާތްކުރާނަން – ޑރ.މުޢިއްޒު

ފަހުގެ ސިޔާސީ

ލ. ގަމުގައި ނެޝަނަލް މެންޓަލް ހޮސްޕިޓަލެއް އިމާރާތްކުރާނެ ކަމަށް ޕީޕީއެމްޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލ. ގަމުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ޑރ.މުޢިއްޒު ވިދާޅުވީ މެންޓަލް ހެލްތު ހޮސްޕިޓަލެއް އިމާރާތްކުރަން ހިތްފަސޭހަ މާހައުލެއް ބޭނުންވާ ކަމަށާއިލ.ގަމަކީ އެފަދަ ތަނެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ރާއްޖޭގައި ނަފުސާނީ މައްސަލަތައް ގިނަކަން ފާހަގަކުރައްވާ ޑރ.މުޢިއްޒު ވިދާޅުވީ ގާއިމުކުރެވޭ ނެޝަނަލް މެންޓަލް ހޮސްޕިޓަލާއެކު ނަފުސާނީ ބަލިތަކަށްފަރުވާ ހޯދުމަށް އިންޑިއާއަށް ދިއުން ނިމުމަކަށް އަންނާނެ ކަމަށެވެ. މީގެ އިތުރުން ލ. ގަމުގައި ޓާޝަރީ ހޮސްޕިޓަލެއް ގާއިމުކޮށް ތެރަޕީގެ ހިދުމަތް އެހޮސްޕިޓަލުން ފޯރުކޮށްދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު ޕީޕީއެމްޕީއެންސީގެ ވެރިކަމެއްގައި ގަމާއި ފޮނަދޫގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ގަމުގެހުރިހާ މަގެއްގައި ތާރު އަޅައި ކުޅިވަރު ފެސިލިޓީތައް ގާއިމުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ