އއ.މަތިވެރީގައި ބޭއްްވި ކެމްޕެއިން ޖަލްސާގައި ޑރ.މުޢިއްޒު ވިދާޅުވީ، ޓޫރިޒަމަށް ފައްކާވެފައި އޮތް އެ އަތޮޅަށް އިތުރު ކުރިއެރުންތައް ލިބެން އޮތީއެއާޕޯޓަކާއެކުގައި ކަމަށެވެ.
އެ ސަރަހައްދުގައި ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާކުރަން ޖެހޭ ކަން ފާހަގަކުރައްވައި ޑރ.މުޢިއްޒު ވިދާޅުވީ، އަމާޒަކީ ޓޫރިސްޓު ރިސޯޓުތަކާއި ޓޫރިޒަމްގެ އެކިއެކިފަހި ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އަދި އެ ހުރިހާ ކަމަކާ އެކު ރައްޔިތުންނަށް އިގްތިސޯދީ ގޮތުން ކުރިއެރުންތައް ލިބޭ ތަން ފެންނާނެ ކަމަށްވެސްއެމަނިކުފާނު ވިދާޅުވިއެވެ. އެއާޕޯޓަށް ބިން ހިއްކާއިރު، އެ ކަން ކުރާނީ ރަށަށް ބޭނުންވާ ވަރަށް ބިން ހިމަނައިގެން ކަމަށްވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
“މި ރަށުގައި ބިމެއް ނެތް، ހުސްވެފައި އޮތީ. މުސްތަގްބަލަށް ބޭނުންވާ ޖާގަ އާއި ގެދޮރަށް ބޭނުންވާ ޖާގައާ އެކީގައި އެއާޕޯޓާ އެކީގައި ރަށަށް ބޭނުންވާ ބިމާއެކީގައި ހިއްކާ ގޮތަށް،” މުޢިއްޒު ވިދާޅުވި އެވެ.
މީގެ އިތުރަށް ޑރ.މުޢިއްޒު ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމުގެ “ލެގަސީ” ދަމަހައްޓާނެ ކަމަށްވިދާޅުވެފައެވެ.