ދެވަނަ ބުރުގައި ކެންޑިޑޭޓް ނަންބަރަށް ބަދަލެއް ނާންނާނެ: ހަބީބް

ޚަބަރު ފަހުގެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވަން ނިންމާފައިވާ އިރު، އެ ބުރުގައި ވާދަކުރާ ދެ ކެނޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރަކީ ފުތަރަމަ ބުރުގައި ވެސް ބޭނުން ކުރި ނަންބަރު ކަމަށް އިލެކްޝަން ކޮމިޝަން ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ފުރަތަމަ ބުރުގައި ޑރ. މުއިއްޒަށް ލިބިވަޑައިގެންނެވީ 4 ނަންބަރެވެ. ރައީސް ޞާލިހުގެ ނަންބަރަކީ 3 ކެވެ. އެހެން ކަމުން ދެވަނަ ބުރުގައިވެސް ބޭނުން ކުރާނީ ހަމަ މިދެނަންބަރެވެ.

އިޝްތިހާރު
އިޝްތިހާރު

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާންކުރައްވާފައެވެ. އިންތިޚާބުން އެންމެ ގިނަ ވޯޓު ހޯދެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު ވަނީ 101635 ވޯޓު ހޯދަވައި އިންތިޚާބުގެ %46.06 ހޯއްދަވާފައެވެ. ޑރ.މުޢިއްޒާއި އެންމެ ކައިރިން ވާދަކުރައްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިގޮތުން މި އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ޞާލިޙްއަށް ލިބިވަޑައިގެންނެވީ 86161 ވޯޓެވެ. އެއީ ވޯޓު ލި މީހުންގެ ތެރެއިން %39.05 މީހުންގެ ވޯޓެވެ.

ދެވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަނަށް މިމަހުގެ 16 އިން 17 އަށް ހުޅުވާލާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ