ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވަރަށް ގިނަ މިސްޓޭކްސް އެބަހުރި – ރައީސް

ސިޔާސީ ފަހުގެ

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވަރަށް ގިނަ މިސްޓޭކްތައް ހެދިފައިވާކަމަށާއި، ފުރަތަމަ ބުރު ދިޔައީ އުންމީދު ކުރި ގޮތަކަށް ނޫންކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާގޮތުގައި މިއަހަރަކީ އެންމެ މަދުން ވޯޓުލީ އިންތިޚާބެވެ. މިގޮތުން މިއަހަރުގެ އިންތިޚާބުގައި ވޯޓު ލާފައިވަނީ %79 މީހުންކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. އިންތިޚާބުގައި ކަންކަން ހިނގައިދިޔަ ގޮތާއި ގުޅޭގޮތުން ރައީސް ޞާލިހު މިއަދު ރާއްޖެ ޓީވީގައި ވިދާޅުވީ ފުރަތަމަ ބުރުގައި ވަރަށް ގިނަ މިސްޓޭކްތައް ހެދިފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އިންތިޚާބުގައި ވޯޓުލީ މީހުންގެ އަދަދު މަދުވުން ކަމަށެވެ. އޭގެ ތެރެއިން ގިނައީ އެމްޑީޕީގެ ވޯޓުކަމަށް ރައީސް ވިދާޅުވިއެވެ. ބައެއް ދައިރާތަކުގައި 300 މީހުންނާއި 400 އެމްޑީޕީގެ ޔަގީން ވޯޓުތައް ވޯޓުލާން ނުނިކުންނަކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހެން ދިމާވީ ބައެއް މީހުން ވޯޓުލާ ގަޑި އިތުރު ކުރާނެކަމަށް ބަލައިގެންވެސް ތިބުމުންކަމަށެވެ. އަދި ބައެއް ތަންތަނުގައި މީހުން ނެރުމަށް ކުރަންޖެހޭ މަސައްކަތްވެސް ކުރެވިފައި ނުވާކަން ފާހަގަވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސައްކަތް ކުރަނީ ދެވަނަ ބުރުގައި އެކަންކަން ރަނގަޅުކޮށް ނަތީޖާ ނެރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ