މަސް ހިފަން މޫދަށް ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ޚަބަރު ފަހުގެ

ހުޅުމާލެ ފޭސް 2 ގެ މޫދަށް މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން މީޑިއާއަށް ބުނީ ހުޅުމާލެ ފޭސް 2ގެ އިރު އުތުރު ފަރާތުން މަސް ހިފަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަމުންދާކަމަށް މިއަދު ހެނދުނު ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި އޭނާ ހޯދަމުން ދަނިކޮށް ހުޅުމާލެ ފޭސް 2 ގެ އުތުރު ފަރާތު ފަޅުތެރެއިން ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އެ އިދާރާއިން ބުނީ ހުޅުމާލެ ހޮސްޕިޓަލްއަށް އޭނަގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށެވެ. މި ހާދިސާގައި މަރުވެފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ 55 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން އެ އިދާރާއިން ބަލަމުންދާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ