ރައީސް ސޯލިހު މޮރިޝަސްގެ ރައީސްއަށް ފޮނުވި ސިޓީ ލީކްވެއްޖެ

ޚަބަރު ފަހުގެ

ދިވެހިރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ކަމަށްބުނާ ސިޓީ ސޯޝަލް މީޑިއާގައި ލީކުވެއްޖެ އެވެ.

މި ސިޓީއަކީ އަސްލެއްކަން ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. އަދި މިފަދަ ސަރުކާރުގެ ސިއްރު ލިޔުމެއް ލީކްވި ގޮތް ބަލަމުން އަންނަ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދު ޓުވިޓާގައި ލީކުވި މި ސީޓީއަކީ 2022 ވަނަ އަހަރު އޮގަސްޓުމަހުގެ 22 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ރައީސް ޕްރިތުވީރާޖްސިންގް ރޫޕުން އަށް ފޮނުއްވި ސިޓީއެކެވެ.

މި ސިޓީގައި ބުނެފައިވާ ގޮތުގައި ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ރާއްޖެއިން އެންމެ ކުރީއްސުރެ ގެންގުޅެފައިވާ ސްޓޭންޑު ދަމަހައްޓާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އެގޮތުން ސިޓީގައި ރައީސް ވިދާޅުވެފައިވަނީ ކަނޑުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑު ބަދަލުނުވާނެ ކަމަށެވެ. އަދި ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ރައީސް ވަނީ އެސިޓީގައި ބުނެފައެވެ.

އެ ސިޓީގައި ވާގޮތުން ރާއްޖެއިން ސްޓޭންޑު ބަދަލުކޮށްފައިވަނީ ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިންގުމާމެދު އޮތް މައްސަލާގަ އެވެ. ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރުހިނގާ ތަނަކަށް ހަދަން އެގައުމުން ކުރާ މަަސައްކަތުގައި މީގެ ކުރިން ރާއްޖޭން އެގައުމާ ދެކޮޅެވެ. އދ.ގެ އާއްމު މަޖިލީހުގައި 2019 ވަނަ އަހަރު ނެގި ވޯޓުގައި ރާއްޖޭން ވޯޓު ދިނީ ވެސް އެގައުމާ ދެކޮޅަށެވެ. މީގެ ކުރިން މޮރިޝަސްއަށް ތާއީދު ނުކުރީ، ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފު ކަނޑައަޅަން އެކަމާ ގުޅޭ ބައިނަލްއަގުވާމީ ކޮމިޝަނަށް ރާއްޖޭން ހުށަހަޅާފައިވާ މައްސަލައާ މޮރިޝަސްގެ ސަރުކާރުން ދެކޮޅު ހަދާފައިވާތީ ކަމަށް އެ ސިޓީފުޅުގައި ރައީސް ވިދާޅުވެފައިވެ އެވެ.

ނަމަވެސް، ޗާގޯސް ޖަޒީރާގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް ރާއްޖޭން ތާއީދު ކުރަނީ، ރާއްޖޭގެ ދެކުނުގެ ސަރަހައްދުން ޗާގޯސްއާ ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ މައްސަލައިގެ އިތުރުން ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާ ގޮތަށް ކަމަށް ވެސް އެ ސިޓީގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.

މި ސިޓީ ލީކްވެފައިމިވަނީ އެ ސިޓީއަކީ ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސްއަށް ދިނުމަށް ފޮނުވި ސިޓީއެއް ކަމަށް އިދިކޮޅުން ތުހުމަތުކުރަމުން އަންނަ ދަނޑިވަޅެއްގައި އެވެ. އެ ސިޓީ ހޯދަން އާއްމު ފަރާތަކުން ވަނީ ކޯޓަށް ވެސް ހުށަހަޅާފައެވެ. ނަމަވެސް ރައީސް އޮފީހުން ބުނެފައިވަނީ ދެ ޤައުމެއްގެ ވެރިންގެ ދެމެދުގައި ހިނގާ ވާހަކަތަކަކީ ސިއްރު ވާހަކަތަކެއް ކަމަށް ހާމަ ކުރެވެން ނެތް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ރައީސް އޮފީހުން ދިވެހި ރައްޔިތުންގެ ބޮލަށް ޗިޕްޖަހަން ލީކު ކޮށްލައިގެން އުޅެނީ އަސްލު ސިޓީއެއް ނޫން ކަމަށް ގަމާރެއް ނޫނިއްޔާ އެނގެން ޖެހޭނެ.