ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރަަން އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން ނިންމައިފިއެވެ.
މިގޮތަށް ނިންމީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައެވެ.
މިގޮތުން އެ ބައްދަލުވުމުގައި ބައިވެރިވި 51 މެންބަރުންގެ ތެރެއިން 35 މެންބަރަކު ވަނީ ޕީޕީއެމް ޕީއެންސީއާއެކު ކޯލިޝަން ހަދަން ވޯޓު ދީފައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހަދަން އެއްވެސް މެންބަރަކު ވޯޓު ދީފައިނުވާއިރު، އެއްވެސް ބަޔަކާ ކޯލިޝަން ނަހަދަން ހަ މެންބަރަކު ވޯޓު ދީފައި ވެއެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓު ނުދޭ 10 މެންބަރަކު ތިއްބެވެ.
އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން މިގޮތަށް ރޭ ނިންމިއިރު، މީގެ ކުރިން އެ ކޮމެޓީން ވަނީ އެޕާޓީއަކީ ސަރުކާރާއި ދެކޮޅު ޕާޓީއެއް ކަމަށް ނިންމާފައެވެ. އަދި މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައިވެސް އެ ޕާޓީން މަސައްކަތް ކޮށްފައި ވަނީ ސަރުކާރާއި ދެކޮޅަށެވެ
ގައުމީ ހިންގާ ކޮމެޓީން މިގޮތަށް ނިންމި ނަމަވެސް، ކޯލިޝަން ހަދާނެ ޕާޓީއެއް ފައިނަލް ކުރާނީ އެގްޒެކެޓިވް ކޮމެޓީ ބައްދަލުވުމުންނެވެ.