ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެމްޑީޕީ ވަކިވެއްޖެ

ސިޔާސީ ފަހުގެ

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެމްޑީޕީ ދޫކޮށްލައްވައިފި އެވެ.

މޫސާ ސިރާޖު އެމްޑީޕީން ވަކިވެ ވަޑައިގަތްކަން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދުގެ ޖަލްސާގައި ވިދާޅުވެފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ އެމްޑީޕީގެ ދަފްތަރުން މޫސާ ސިރާޖުގެ ނަން އުނިކޮށްފައިވާކަން އީސީން އަންގާފައިވާކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

މޫސާ ސިރާޖަކީ އެމްޑީޕީ ދެބައިވި ދުވަސް ވަރު ރައީސް ނަޝީދު އުފެއްދެވި ‘ފިކުރެއްގެ ދިރުން’ ހަރަކާތުގައި އުޅުއްވި ބޭފުޅޭކެވެ. ނަމަވެސް އޭނާވަނީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކުރިން ރައީސް ސޯލިހަށް ތާއިދު ކުރައްވާފަ އެވެ.

މޫސާ ސިރާޖު އެމްޑީޕީން ވަކިވެ ވަޑައިގެންނެވުމާއެކު މަޖިލީހުގައި ޕާޓީތައް ތަމްސީލު ކުރާ މެންބަރުންގެ އަދަދަށް ވަނީ ބަދަލު އައިސްފަ އެވެ. އެގޮތުން މިހާރު މަޖިލީހުގައި ތިއްބެވީ އެމްޑީޕީގެ 53 މެންބަރުންނާއި ޕީޕީއެމްގެ 5 މެންބަރުންނާއި ޕީއެންސީގެ 3 މެންބަރުންނާއި އެމްއެންޕީގެ 3 މެންބަރުންނާއި ޑިމޮކްރެޓްސްގެ 3 މެންބަރުންނާއި އެމްޑީއޭގެ 2 މެންބަރުންގެ އިތުރުން ޖޭޕީގެ 2 މެންބަރުންނެވެ. މީގެ އިތުރުން ދެން ތިއްބެވީ އަމިއްލަ 16 މެންބަރުންނެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ