އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޒާމިރު އިސްތިއުފާ ދެއްވައިފި

ޚަބަރު ފަހުގެ

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޒާމިރު މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޒާމިރުގެ ސިޓީގައި އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

އިސްތިއުފާގެ ސިޓީއާ އެކު ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ޒާމިރު ވިދާޅުވީ ރައްޔިތުން އެމީހުންގެ އަޑު އިއްވައިފި ކަމަށެވެ.

“މިއީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކުރިއަށް ދާން ޖެހޭ ވަގުތު. [އެހެންވެ] އަޅުގަނޑު މަގާމުން އިސްތިއުފާ ދީފިން،” ޒާމިރު ވިދާޅުވި އެވެ.

ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ސަރުކާރުގައި ޒާމިރު ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއް ގައެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ