އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ

ސިޔާސީ ފަހުގެ

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން ސާފުވަނީ އެމްޑީޕީ “ރޫޅާލެވިއްޖެ” ކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އީވާ ވަނީ އޭނާ ވެސް މިހާރު ނިސްބަތްވާ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަރަށް ފަހު ވަގުތު ރިޔާސީ ރޭހަށް ނުކުންނަވައި ހޯއްދަވަން ބޭނުންވި ނަތީޖާ އާއި މަގުސަދު ހާސިލު ކުރެއްވި ކަމަށްޓަކައި މަރުހަބާ ވިދާޅުވެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ފަހު ޑިމޮކްރެޓްސްއާ ގުޅިވަޑައިގެން އެމްޑީޕީ ރޫޅާލާނެ ކަމަށް ނަޝީދު ވިދާޅުވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި އީވާ ވިދާޅުވި އެވެ.

“ހަގީގަތަށް ދަންނަވަންޏާ މަނިކުފާނު [މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު] މި ޕާޓީ އުފެދުމާ އެކު ވިދާޅުވި ރޫޅާލާނަމޭ، ރޫޅާލާނަމޭ. ސުވާލެއް ވެސް ރުޅާލެވިއްޖެ،”އީވާ

އެ ކަން ޑިމޮކްރެޓްސް އިން ނުކުމެ ކުރީ އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ އިތުރުން އެމްޑީޕީގެ ތެރެއިން ހުށަހަޅަމުން ދިޔަ އިނާމުތަކާއި ކުރިމަތިކުރުވި މަލާމާތާއި ފުރައްސަރާއި އިންޒާރުތަކުގެ ތެރެއިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ