ދެވަނަ ބުރުގެ ވޯޓުލާ ގަޑި އިތުރުކޮށްފި

ޚަބަރު ފަހުގެ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ކަނޑައަޅާ ގަޑިއަށް ބަދަލު ގެނެސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށްގެންދާ ޕްރެސް ކޮންފަރެންސްގައި އެކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ހެނދުނު 08:00އިން ހަވީރު 17:00އާއި ހަމައަށްކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ ކުރީގެ އިންތިޚަބުތަކުގައާއި، ނިމިދިޔަ ފުރަތަމަ ބުރުގެ އިންތިޚާބުގައިވެސް ވޯޓުލުން ކުރިއަށް ގެންދިޔައީ ހެންދުނު 08:00އިން ހަވީރު 16:00އާއި ހަމައަށެވެ.

ހަބީބު ވިދާޅުވީ ވީޓު ލުން ބަނދުކުރާ ގަޑިއަށް ބަދަލު ގެނައީ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގެ ލަފާގެ މަތިންކަމަށެވެ. އެގޮތަށް ބަދަލު ގެނަނީ މިފަހަރުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ ޢަދަދު މަދުވުމުން، ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ދިނުމުގެ ގޮތުންކަމަށް ހަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 16:00ގައި ވޯޓުލުން ބަންދުކޮށް، ވޯޓުލުމަށް ވަގުތު އިތުރުކޮށްފައެއް ނުވެއެވެ. އެކޮމިޝަނުން އެކަންވަނީ ދުރާލާ އަންގާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒާއި، ދެވަނައަށް ގިނަ ވޯޓު ލިބުނު މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ