މުސާރާގެ 50 ޕަސެންޓު އެމްއޭސީއެލް މުވައްޒަފުންނަށް އަނެއްކާވެސް ޑޮލަރުން ދެނީ

ޚަބަރު ފަހުގެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މުވައްޒަފުންނަށް މުސާރާގެ 50 ޕަސެންޓު ޑޮލަރުން ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.

މީގެކުރިން ވެސް އެމްއޭސީއެލް މުވައްޒަފުންނަށް މުސާރައިގެ ބައެއް ދެމުން ދިޔައީ ޑޮލަރުންނެވެ. އެހެންނަމަވެސް ކޮވިޑް19 އާއި ގުޅިގެން އެކަން ހުއްޓުމަކަށް ގެނެސް ދިވެހި ފައިސާ އިން މުސާރަ ދެމުން ދިޔައެވެ.

އިޝްތިހާރު
އިޝްތިހާރު

މުވައްޒަފުންނަށް ފޮނުވި އިންޓާނަލް މެމޯގައި ބުނެފައި ވަނީ ކުރިން އަމަލު ކުރަމުން ދިޔަ އުސޫލަށް މިމަހުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށެވެ.

އެކުންފުނިން އެ އުސޫލަށް އަނެއްކާވެސް އަމަލު ކުރަން ނިންމީ އެމްއޭސީއެލްގެ ކޭޝްފްލޯ ރަނގަޅުވަމުން އަންނާތީ ކަމަށް އެކުންފުނީގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް އެފެއާޒް، ހަސަން އަރީފް ވިދާޅުވެފައިވެއެވެ.

މުވައްޒަފުންނަށް ދޭ މުސާރާގެ 50 ޕަސެންޓު ޑޮލަރުން ދިނުމަށް އެމްއޭސީއެލް އިން ނިންމިއިރު އެމްއޭސީއެލް އިން އެ ކުންފުނީގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ