ދާއިރާގެ މެންބަރާ ހިޔާލު ތަފާތު ވިޔަސް ރައިސް ސޯލިހުއަށް ވޯޓް ނުދީ ނުތިއްބަވާ – ގަފޫރު

ޚަބަރު ފަހުގެ

ދާއިރާގެ މަޖިލީސް މެންބަރާ ހިޔާލު ތަފާތު ވިއަސް ރައީސް ސޯލިހުއަށް ވޯޓު ނުދީ ނުތިއްބަވަން ހަނިމާދޫ ދާއިރާގެ މަޖިލީސް މެންބަރު އަބުދުލް ގަފޫރު މޫސާ ގޮވާލައްވައިފިއެވެ.

އެމަނިކުފާން މިފަދައިން ގޮވާލެއްވީ މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ގަފޫރު ވިދާޅުވީ ސަރުކާރު އޮތީމާ ބޭނުންވާ ކަމެއް ނުވެފައި އޮތީމާ ހިންހަމަ ނުޖެހިފައި ހުރި މީހަކު ހުރެދާނެ ކަމަށެވެ. ނަމަވެސް އިއްޔެވީކަންތަކާ، ރަށުގައި ވެފައި ހުރި ކަންތަކާއި އަދި މާދާމާ ވާން އޮތް ކަންތަކަށް ވިސްނާފައި ކަންކަން ނިންމަން އެދޭ ކަމަށެވެ. އަދި ފަހަތަށް ދެވެން ނެތްކަމަށާއި އަނިޔާއަށް ދެވެން ނެތްކަމަށްވެސް އޭނާ ބުންޏެވެ.

މި ހުރިހާ ކަމަކަށް ވިސްނުމަށްފަހު ވޯޓު ލުމަށްވެސް ގަފޫރު ވަނީ ގޮވާލާފައެވެ. ނޫންނަމަ ކުރެވުނު ކަންތަކުގެ ހިތާމަ ކުރާން ޖެހޭނެ ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ.

” ޖެހިފައިވާ ހިތްހަމަނުޖެހުމެއްގެ ސަބަބުން ލާ ވޯޓެއްގެ ސަބަބުން ނުކުންނާނެ ނަތީޖާއަށް ވިސްނަން އެބަޖެހޭ، މިއީ ދާއިރާގެ ރައިސްއާ ދާއިރާގެ މެންބަރަށް ދޭ ވޯޓެއްނޫން،” ގަފޫރު

އަޅުގަނޑުމެންގެ މާޒީއާ މުސްތަގުބަލަށް މިހުރިހާ ކަމަކަށް ވިސްނާފަ، ރަށުގެ ތަރަގީއާ ވެގެންދިޔަ ކަންތައްތަކަށް ވާންހުރި ކަންތަށްތަކާ ދެން ބަދަލެއް ގެނެސްފިއްޔާ ވާނެގޮތަށް ވެސް ރައްޔިތުން ވިސްނަން ޖެހޭނެ ކަމަށް ގަފޫރު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ