ފްލެޓްތަކުގެ ކުލި ކުޑަ ކޮށްދޭނަން: މުއިއްޒު

ފަހުގެ ސިޔާސީ

ވިނަރެސް ފްލެޓްތަކުންނާއި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުންފުނިތަކުން ހަދާފައިވާ ފްލެޓްތަކުގެ މަހު ކުލި ކުޑަކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާވެޔޮމަގުގައި ރޭ ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ވިނަރެސް ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރީ އޭނާ ކަމަށާއި އެހެންކަމުން އެ ފްލެޓްތައް ހަދަން ދިޔަ ހަރަދު އެނގޭނެ މީހަކު އޭނާ ނޫނީ ނުހުންނާނެ ކަމަށެވެ. އަދި އެ މަޝްރޫއަށް ދިޔަ ހުރިހާ ހަރަދެއް ރައީސް އޮފީހުގައި ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ވިނަރެސް ފްލެޓްތަކުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާގެ ޑައުންޕޭމަންޓެއް ނަގައި، އެންމެ އަގުބޮޑެތި ފްލެޓްތަކަށް ދައްކަންޖެހޭ މަހު ކުލި އެ ތަނުން ނަގަމުންދާ ކަމަށެވެ.

“އަޅުގަނޑު ދޭނެ ޔަގީން ކަމަކީ ޑައުންޕޭމަންޓަށް ދައްކަން އޮތް ބޮޑު އަގާއި މަހުން މަހަށް ދައްކަން ޖެހޭ އަގު ކުޑަކޮށްދީ، ރައްޔިތުން އަތްފޯރާ ވަރަށް ކުޑަކޮށްދޭނަމޭ. އެއީ އެކަން ކުރެެވެން އޮތީމަ. އެއީ އެ ޕްރޮޖެކްޓަކަށް ނެގި ލޯނާއި ހުރިހާ ތަފްސީލެއް އަޅުގަނޑަށް އެނގޭ. ފުރިހަމަ ފައިދާއެއް އާބަންކޯ އަށް ލިބޭނެ ކުޑަ ކުރިޔަސް،” މުއިއްޒު ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ