ސްޓެޕް އައްޔަގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ޚަބަރު ފަހުގެ

މީހަކު ރަހީނުކޮށް ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކުރި އަލީ ޝާހިދު (ސްޓެޕް އައްޔަ)ގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު ބުރާސްފަތި ދުވަހުން ފެށިގެން 10 ދުވަހަށް އިތުރުކޮށްފައި ވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ބުނީ އިތުރު ބަޔަކާ ބައިވެރިވެގެން މާލޭގެ ގެއެއްގައި ފިރިހެނަކު ހުއްދަނޫން ގޮތުގައި ހިފަހައްޓައި، އަނިޔާކޮށް، އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފަރ ކުރި މައްސަލައެއް އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ރިޕޯޓުކޮށްފައި ވާކަމަށެވެ.

ފުލުހުން ސްޓެޕް އައްޔަ ހައްޔަރުކުރީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. ހައްޔަރުކުރުމަށްފަހު އޭނާ އޮގަސްޓް 30 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭރު 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ