ޖާގަ ތަނަވަސް ތެލެސީމިއާ ސެންޓަރެއް ޤާއިމްކޮށްދޭނަން: މުއިއްޒު

ފަހުގެ ސިޔާސީ

ޖާގަ ތަނަވަސް، އަދި އެންމެ ފުރިހަމަ ޚިދުމަތްތައް ލިބޭނެ ތެލެސީމިއާ ސެންޓަރެއް މާލެ ސަރަޙައްދުގައި ޤާއިމްކޮށްދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަން ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެންޕެއިންއަށް އދ އަތޮޅަށް ވަޑައިގެން އެއަތޮޅު މަހިބަދޫ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން މުއިއްޒު ވަދާޅުވީ ތެލެސީމިއާ ސެންޓަރު ހާލަތު ވަރަށް ގޯސްކަމަށާއި އެތަނުން ފެންނަނީ ހިތްދަތިކަންކަމަށް ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

“އެންމެ ރަނގަޅު ޚިދުމަތްތައް ދެވޭ، ޖާގަ ބޮޑު ތެލަސީމިއާ މަރުކަޒެއް މާލޭ ސަރަޙައްދުގައި، ހުޅުމާލޭގެ ބޮޑު ބިމެއްގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޤާއިމުކޮށްދޭނަން” މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވަނީ ރައީސް ޔާމިންގެ ސަރުކާރުގައި ތެލެސީމިއާގައި މަރުވާ ކުދިންގެ އަދަދު ވަރަށް ބޮޑަށް މަދުކުރެވުނު ނަމަވެސް، މި ސަރުކާރު ވެރިކަމަށް އައި ފަހުން އެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ ކުރިން އެކި ޖަލްސާތަކުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވަނީ ތެލެސީމިއާ ކުދިންނަށް ހިލޭ ބޯންމެރޯ ހެދޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށާއި ތެލެސީމިއާ ހުންނަ ކުދިންނަށް ކޮންމެ މަހަކު އެލަވަންސްއެއް ދިނުމަށްވެސް ވަޢުދުވެވަޑައިގެންފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ