ހިޔާ ފްލެޓުތަކުގެ ކުލި 5،600ރ. އަށް ކުޑަކުރާނަން: ޑރ މުއިއްޒު

ސިޔާސީ ފަހުގެ

އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ވެރިކަމެއްގައި ހިޔާ ފްލެޓްތަކުގެ ކުލި 5600 ރުފިޔާ އަށް ކުޑަކޮށްދޭނެ ކަމަށް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް ދެއެއްގައި ހަދާފައިހުރި ހިޔާ ފްލެޓްތަކުގެ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރާނެ ކަމަށް ސަރުކާރުން ބުނީ “ކަޑަޖަހާ އުސޫލުން” ކަމަށާއި އޭނާގެ ވެރިކަމެއްގައި، ކުރީގެ ސަރުކާރުން އަސްލު ނަގަން ނިންމި އަގަށް ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކޮށްދެއްވާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު އެއް ލިފުޓު ބަހައްޓައި ދޭނެ ކަމަށާއި މިއީ އިންޖިނިއަރިންގެ ގޮތުން ބަލައި ހުރިހާ ގޮތަކުންވެސް ކުރެވެން ހުރި ކަމެއް ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް: