ވިނަރެސް ފްލެޓުތަކުގެ ޑައުންޕޭމެންޓަށް ލުއި ގޮތްތަކެއް

ޚަބަރު ފަހުގެ

ވިނަރެސް ފްލެޓުތަކުގެ ޑައުން ޕޭމެންޓަށްވާ އަދަދުގެ 15 އިންސައްތަ ދެއްކުމުން އެއްބަސްވުންތަކުގެ ސޮއިކުރާނެ ކަމަށް އާބަންކޯއިން ހާމަކޮށްފިއެވެ.

މެދުފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަކޮށް ތަރައްޤީކޮށްފައިވާ ވިނަރެސް ފްލެޓުތަކުގެ ޑައުންޕޭމެންޓު ދެއްކުމަށް ލުއިގޮތްތަކެއް މިހާރު ހަމަޖެހިފައިވާ ކަން އާބަންކޯއިން މިއަދު ވަނީ ހާމަކޮށްފައެވެ. އަދި 15 އިންސައްތަ ޑައުންޕޭމެންޓުގެ ދެއްކުމަށްފަހު ބާކީ 3 މަސް ދުވަހަށް ބަހާލައިގެން ދެއްކޭނެއެވެ. މިއީ ދިގުމުއްތައް ފައިސާ ދައްކާ ގޮތަށް ފްލެޓު ގަންނަ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ޑައުންޕޭމެންޓަށް ވާ ފައިސާ ދެއްކުމުން، ފްލެޓްތަކުގެ ތަޅުދަނޑި ހަވާލު ކުރާނެ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ. އަދި މިއާއެކު ގަނެ ވިއްކުމުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލު ކުރަން ފަށާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

މިއަހަރު ފެބްރުއަރީ މަހު އާންމުކުރި ވިނަރެސްގެ ދައީމީ ލިސްޓުގައި މާލޭގައި ރަޖިސްޓްރީނުވެ، ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީއިން 1،094 މީހަކު ޝަރުތު ހަމަވެއެވެ. އަދި މާލޭގައި ރަޖިސްޓްރީވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 267 މީހަކު ޝަރުތު ހަމަވެ އެވެ. މީގެ ކުރިން ނެރުނު ވަގުތީ ލިސްޓުގައި ޝަރުތު ހަމަވީ 723 މީހެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ