މާލެއިން ޒުވާނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފި

ޚަބަރު ފަހުގެ

މާލެއިން ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ހދ. މަކުނުދޫ / ސިތާރާމަންޒިލް، އުމުުރުން 28 އަހަރުގެ ނާޠިފް ޢަބްދުއްސަލާމް ކިޔާ ޒުވާނެކެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ވިދާޅުވީ ނާޠިފް ޢަބްދުއްސަލާމްގެ ޚަބަރެއް އާއިލާއަށް ނުވެގެން ސެޕްޓެމްބަރ 17 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެެ. އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި، އޭނާ އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރ 15 ވަނަ ދުވަހުކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ވިދާޅުވެއެވެ. އެންމެ ފަހުން ފެނުނުއިރު ނާޠިފް ޢަބްދުއްސަލާމް ލައިގެންހުރީ ރުއްތަކެއް ޖަހާފައިހުރި ގަމީހަކާއި ސޯޓެއް ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

ފުލުހުންވަނީ ނާޠިފް ޢަބްދުއްސަލާމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅައި ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ