ރައީސަށް ތާއީދުކުރަން ރިޔާޒް ރަޝީދު ނިންމަވައިފި

ސިޔާސީ ފަހުގެ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވަން ވިލުފުށި ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ނިންމަވައިފި އެވެ.

ރިޔާޒް މިކަން ހާމަކުރެއްވީ ރައީސާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު ކުރެއްވި ޓްވީޓެއްގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

“ހާއްސަ މަޖިލިހުގަ އާއި ރައްޔިތުންގެ މަޖިލިހުގައި އަޅުގަނޱާއެކު އިސްލާހީ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަޅުގަނޱުގެ އަހު އިބްރާހިމް މުހައްމަދު ސޯލިހަށް މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދުކުރަން އަޅުގަނޑު ނިންމައިފިން،” ރިޔާޒް ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ޖުމްހޫރީ ޕާޓީން މިމަހުގެ 16 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ 160 ވަނަ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ނިންމި ފަހުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީގެ ކޮންމެ މެންބަރަކަށްވެސް އެ މެންބަރަކު ވޯޓުލާން ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓުލެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ