ދުވަސްވީ މީހުންގެ އިނާޔަތް 7000 ރުފިޔާއަށް ބޮޑުކޮށްދިނުމަށް ނިންމަވައިފި

ޚަބަރު ފަހުގެ

އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް 7،000 ރުފިޔާ އަށް ބޮޑުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.

މިރޭ މާވެޔޮ މަގުގައި އޮތް ކެންޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ އެލަވަންސްގެ ގޮތުގައި މިހާރު ދެމުން އަންނަ 5،000 ރުފިޔާ، 7،000 ރުފިޔާ އަށް ބޮޑުކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން ރައީސް ވަނީ ރިޓަޔަމެންޓް އޭޖް 65 ކުން 70 އަށް ބަދަލުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދުވަސްވީ މީހުންގެ އެލަވަންސް ބޮޑު ކުރައްވާނެ ކަން ރައީސް އިއުލާނު ކުރެއްވީ މިއަހަރުގެ ޖޫން މަހު އައްޑޫއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ