އިލްހާމް އެމްޑީޕީއަށް ސޮއި ކުރައްވައިފި

ސިޔާސީ ފަހުގެ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އަދި ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ސަރުކާރު ހިންގާ އެމްޑީޕީއަށް މިރޭ ގުޅިވަޑައިގެންފިއެވެ.

އިލްހާމް އެމްޑީޕީއަށް ސޮއި ކުރެއްވީ ރައީސް ސާލިހާ އެކު، މާވެޔޮ މަގުގައި ބޭއްވި ހުވަދޫ ކަންމަތީ ބައްދަލުވުމުގައެވެ. އިލްހާމް ސޮއި ކުރެއްވުމަށްފަހު ވަނީ ރައީސް ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވުމަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އިލްހާމް ސިޔާސީ ދާއިރާއަށް ނުކުންނެވީ 2009 ވަނަ އަހަރު ޑީއާރްޕީންނެވެ. އޭނާ ވަނީ ޑީއާރްޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވައި ގެމަނަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. ޑީއާރްޕީގައި ފެކްޝަން އުފެދިގެން ދިޔައިރު، “ޒެޑް-ފެކްޝަން” ލީޑު ކުރެއްވުމުގައި އިލްހާމް އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި ފަހުން ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރެއްވިއެވެ.

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން، 2014 ވަނަ އަހަރު އިލްހާމް ވަނީ ދަނގެތި ދާއިރާގެ މަޖިލިސް މެމްބަރު ކަމަށް ވާދަ ކުރައްވައި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވިއެވެ. އެ ޕާޓީގެ ޓިކެޓުގައި 2019 ވަނަ އަހަރު އުނގޫފާރު ދާއިރާއަށް ވާދަ ކުރެއްވުމުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވިއެވެ. އެމްޑީޕީއަކީ އިލްހާމް ގުޅިވަޑައިގެންނެވި ހަތަރު ވަނަ ސިޔާސީ ޕާޓީއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ